ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ވައްކަރު މޯލްޑިވްސް ހުޅުވަނީ އަންނަ މަހު އެކެއްގައި

Jul 18, 2020

ވައްކަރު މޯލްޑިވްސް ރިސޯޓު އަލުން ހުޅުވާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

ބ. އަތޮޅުގައި ހިންގާ ވައްކަރު މޯލްޑިވްސް އިން ބުނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ވާން އަޅާފައިވާ ގިނަ ފިޔަވަޅުތަކާއެކު، އަލުން އެ ރިސޯޓް ހުޅުވާއިރު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭ ގޮތަށް ހިދުމަތްތައް ބަދަލު ކުރުމުގެ އިތުރުން ޓޫރިސްޓުންނަށް މުހިންމު ވާނެ އެހެން ބަދަލުތަކެއް ވެސް ފެނިގެން ދާނެ ކަމަށެވެ.

ވައްކަރު މޯލްޑިވްސް ހުޅުވާލާއިރު ޓޫރިސްޓުންނަށް ހާއްސަ އަގުތަކެއް ވެސް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ޕޫލް އަދި ބީޗް ވިލާ ތަކުން ރެ އަކަށް ގާތްގަނޑަކަށް 900 ޑޮލަރަށް ރޫމް ލިބޭނެ އެވެ. އަދި އަންނަ މަހުގެ އެއް ވަނަ ދުވަހުން ޑިސެމްބަރު މަހުގެ 22 ގެ ނިޔަލަށް 40 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ބޯޑަރު އަލުން ހުޅުވުމާއެކު 30 ރިސޯޓެއް ވެސް އޮޕަރޭޝަނަށް އައިސްފަ އެވެ. ނަމަވެސް ގިނަ ރިސޯޓުތައް އަލުން ހުޅުވަން ތައްޔާރު ވަމުން ދަނީ އަންނަ މަހުގަ އެވެ.