ވިޔަފާރި

ދެކުނު އޭޝިއާގެ އެންމެ ރޮމޭންޓިކް ރިސޯޓަކަށް ޔޫ އެންޑް މީ

Dec 18, 2020

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑު، ރާއްޖޭގެ ޔޫ އެންޑް މީ ރިސޯޓަށް ލިބިއްޖެ އެވެ.

ކޮކޫން އިންވެސްޓްމަންޓުން ހިންގާ ރާއްޖޭގެ ޔޫ އެންޑް މީ ރިސޯޓަށް ލިބިފައިވަ ނީ ސައުތު އޭޝިއަން ޓްރެވަލް އެވޯޑް (ސަޓާ) އެވޯޑެ އެވެ. ދެކުނު އޭޝިއާގެ ހުރިހާ ގައުމުތަކުގެ ހޮޓާ އަދި ރިސޯޓުތަކާ ވާދަކޮށް އެ ރިސޯޓަށް ލިބިފައި ވަނީ "ސައުތު އޭޝިއަން މޮސްޓް ރޮމޭންޓިން ރިސޯޓް" އެވޯޑެވެ. މީގެ އިތުރުން އެ ރިސޯޓަށް އިތުރު އެވޯޑެއް ވެސް ލިބިފައިވެ އެވެ. ލިބިފައިވަނީ ލީޑިން އެފްއެންބީ ހޮޓެލް / ރިސޯޓު އެވޯޑެވެ. މި ކެޓަގަރީން އެ ރިސޯޓަށް ލިބުނީ ސިލްވަ އެވޯޑެވެ.

ރ. އުތުރުމާފަރުގައި ތަރައްގީ ކޮށްފައިވާ ޔޫ އެންޑް މީ- ބައި ކޮކޫންއަކީ "އެޑަލްޓް" ރިސޯޓެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެފައިވާ ރިސޯޓެވެ. އެހެންވެ މި ރިސޯޓަށް ގިނައިން ދަނީ ހަމީމޫން ކަޕަލްސް އެވެ.

މި ރިސޯޓުގައި 111 ވިލާ ހުރެ އެވެ. މީގެތެރެއިން 97 ވިލާއަކީ މޫދުވިލާ އެވެ. މި ރިސޯޓުގައި މަންތާ ވިލާ އާއި ޑޮލްފިން ވިލާ ޑޮލްފިން ވިލާ ވިޕް ޕޫލްގެ އިތުރުން އަކްއާ ވިލާ އަދި ބީޗް ސުއިޓް ވިތް ޕޫލް އަދި އަކުއާ ޕޫލް ވިލާ އާއި ރިސޯޓްގެ ނަމުން ނަން ދީފައިވަނީ "ޔޫ އެންޑް މީ" ގެ ނަމުގައި ވެސް ހާއްސަ ބޮޑު ވިލާއެއް ހުރެ އެވެ.

ކޮކޫންގެ މި ރިސޯޓުގައި އެކި ގައުމުތަކުގެ ކެއުންތައް ލިބޭ ހަ ރެސްޓޯރެންޓެއް ހުރެ އެވެ. މި ރެސްޓޯރެންޓްތަކުން ޖަޕަނީސް އާއި އިޓަލީގެ މީރު ރަހަތައް ލިބެ އެވެ.

"އެޗް ޓޫ އޯ" ގެ ނަމުގައި އަންޑަ ވޯޓާ ރެސްޓޯރެންޓެއް ވެސް ހުންނަ މި ރިސޯޓުގެ އެ ރެސްޓޯރެންޓަކީ ރ. އަތޮޅުގައި ހެދި ފުރަތަމަ މޫދު އަޑީގެ ރެސްޓޯރެންޓެވެ. އެތާނގައި ތިބޭއިރު މޫދު އަޑީގެ ވަށައިގެންވާ ހިތްގައިމު މަންޒަރުތައް 360 ޑިގްރީއަށް ފެނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 45 މިނެޓުން ދެވޭ ރާސްތާގައި ހުޅުވި ފަސްތަރީގެ މި ރިސޯޓް ފަރުމާކޮށްފައި ވަނީ ހާފް ބޯޑް އަދި ފުލް ބޯޑް އަދި ފުލް ބޯޑް ޕްލަސް ޕެކޭޖް ނަގައިގެންދާ މީހުންނަށް ވެސް ހިދުމަތް ދެވޭނެ ގޮތަކަށެވެ. މިގޮތުން ރިސޯޓަށްދާ ޓޫރިސްޓުންނަށް އަލަކާޓޭ ރެސްޓޯރެންތައް ހުރެ އެވެ. އަދި ރިސޯޓްގައި ކަރޯކޭ ލައުންޖާއި ތަފާތު ކުޅިވަރުތައް ކުޅެވޭނެ ވަސީލަތް ގާއިމްކޮށްފައި ވެއެވެ.