އެކްސިޑެންޓް

މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާ ދެނީ

Oct 6, 2019

މަސް ބާނަން އުޅުނު މީހެއްގެ ލޮލެއްގައި ބުޅިއެއް އެޅިގެން ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ޅ. ދިއްފުށިމާދޫ ކައިރީގައި މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެއްގައި މަސް ބާނަން އުޅުނު އުމުރުން 42 އަހަރުގެ ދިވެއްސެއްގެ އެއް ލޮލުގައި ބުޅިއެއް އެޅި އެ މީހާއަށް އަވަސް ފަރުވާ ދޭން އެ އިދާރާގެ އެހީތެރި ކަމަށް އެދުމުން އެ އެހީ ފޯރުކޯށްދީފައިވާ ކަމަށެވެ.

ސިފައިންގެ އެހީތެރިކަމާއެކު ޅ. އަތޮޅު ހޮސްޕިޓަލުގެ ސީއެމްބިއުލެންސްގައި މިއަދު ހެނދުނު އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި ލޮލުގައި ބުޅިއެއް އެޅުނު އެ މީހާގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ.