މީޑިއާނެޓް

މީޑިއާނެޓް: ހަފުތާގެ ޓޮޕް ޓެން ޝޯ

Oct 6, 2019

ކުޑަކުދިންނަށް ހާއްސަަ

1. ދަ އެޑްވެންޗާސް އޮފް ރޮކީ އެންޑް ބުލްވިންކަލް (އާ އެޕިސޯޑްތަކެއް)

އޮކްޓޯބަރު 7، ކޮންްމެ ދުވަހަކު 15:30 ގައި ޑްރީމްވޯކްސް އެޗްްޑީ އިން (ޗެނަލް 838)

ސްކޮޓް ފެލޯސް އާއި ޓިފަނީ ވޯޑް ޕްރޮޑިއުސްކޮށް ގެންނަ މި ޝޯގެ އާ އެޕިސޯޑްތަކެއް މިި ހަފްތާގައި ދައްކާނެ އެވެ. މި ކޮމެޑީ ޝޯ އަކީ ދެ ގޫފްބޯލްް ބެސްޓްފްރެންޑުންނަށް ދިމާވާ އެކި ކަންކަމުން އެކުގައި ސަލާމަތް ވާ ގޮތާއި އެމީހުންނަށް ދިމާވާ މަޖާ ހާދިސާތަކެވެ. ރޮކީ އާ ބުލްވިންކަލް އަކީ އަބަދުވެސް ރޮކް ސްޓާސް އަށް ވާން ބޭނުންވާ ބައެކެވެ. މި ހަފްތާގެ އެޕިސޯޑްގައި ރޮކް ސްޓާސް އަށް ވާން އެ ދެމީހުން ކުރާ މަސައްކަތް ފެންނާނެ އެވެ. އަދި ލޮސްޓް ޓްރެޝާ އެއް ހޯދުމަށްވެސް އުޅެ އެވެ.

2. އެލްވިން އެންޑް ދަ ޗިޕްމަންކްސް (އާ އެޕިސޯޑްތަކެއް)

އޮކްޓޯބަރު 7 - 11 އަަށް، 16:00 ގައި ނިކަލޯޑިއަން އެޗްޑީ އިން (ޗެނަލް 836)

އެލްވިން އެންޑް ދަ ޗިޕްމަންކްސް އަކީ އެމެރިކާ/ފްރެންޗް ސީޖީއައި އެނިމޭޓެޑް މިއުޒިކަލް ޓީވީ ސީރީޒް އެކެވެ. ނިކަލޯޑިއަަން ގައި ދައްކާ މި ސީރީޒްގައި އުޅޭނީ ޑޭވް ސެވިލް އާއި އޭނާ ގެންގުޅޭ ތިންް ޗިޕްމަންކްސް (މުގޮށި މީދާ) އެވެ. މި ޗިޕްމަންކް ތަކަކީ ލަވަ ކިޔާ އެއްޗިއްސަށް ވާ އިރު ޑޭވް އަަކީ މިއުޒިކް އުފައްދާ މީހެކެވެ. ޑޭވް އާ އެކުގައި ލަވަ އުފައްދަމުން ކޮންމެ އެޕިސޯޑެއްގައި ލަވަ އެއް ދަައްކާނެ އެވެ. މި ހަފްތާގެ އެޕިސޯޑުގައި އެންމެން ދަތުރު ގޮޮސްގެން އުޅެނިކޮށް ކުޑަ ޗިޕްމަންކްގެ ކުޅޭ އެއްޗެއް ގެއްލިގެން ހޯދަަ އެވެ. އެމީހުން ގެއަށް އަންނަ އިރު އެ ގެއްލުނު ކުޅޭ އެތި ގޭގައި އޮއްވާ ފެނި ބިރުވެރި ކަންތައްގަނޑެއް ދިމާވެ އެވެ.

ފިލްމުތައް

3. ބޭޑް ޓައިމްސް އެޓް ދަ ރޯޔަަލް (ޕްރިމިއާ)

އޮކްޓޯބަރު 12، ހޮނިހިިރު 18:00 ގައި ފޮކްސް މޫވީސް އެޗްްޑީ އިން (ޗެނަލް 800)

ޑްރާމާ ތުރިލާ މި ފިލްމަކީ ޑްރިއު ގޮޑާޓް ޑަައިރެކްޓުކޮށް މިދިޔަ އަހަރު ނެރުނު ފިލްމެކެވެ. ކެލިފޯނިއާ އާއި ނެވަޑާ ދިމާވާ ހިސާބުގައި ހުރި ހޮޓަލަކަށް ހަތްް މީހުން އެކުގައި ވަދެ ޗެކް އިން ވާ ހިސާބުން އެމީހުންނަަށް ދިމާވަނީ ހީވެސް ނުކުރާ ކަންކަމާ އެވެ.

އެ ހޮޓަލުގައި ފޮރުވިފައިވާ ސިއްރުތަަކެއް ހުންނަ އިރު ހޮޓަަލަށް ވަންނަނީ ވެސް ދުވަހަކުވެސް ކުރިން ދިމާ ނުވާ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ހީކުރާ ވަރަށް ވުރެ ގިނަ ސިއްރުތަކެއް ފޮރުވައިގެން އުޅޭ ބައެކެވެ. 1970ގެ ޒަމާނަށް އުފައްދާފަައިވާ މި ފިލްމުގައި ހޮލީވުޑްގެ މަޝްްހޫރު ތަރިން ކްރިސް ހެމްސްވޯތު އާއި ޑަކޯޓާ ޖޯންސަންވެސް ލީޑް ތަރިންގެ ގޮތުގައި ފެންނާނެ އެވެ.

4. ޔޫ މައިޓް ބީ ދަ ކިލާ (ޕްރިމިއާ)

އޮކްޓޯބަރު 6، 19:00 ގައި ފޮކްްސް އެކްޝަން މޫވީސް އެޗްޑީ އިން (ޗެނަލް 802)

ބްރެޓް ސިމޮން ޑައިރެކްޓުކޮށް މިދިޔަ އަހަރު ނެރުނު މި ފިލްމަކީ ސުޕަނެޗުރަލް ފިލްމެކެވެ. ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފްރެން ކްރާންޒް އާއި އެލިިސަން ހެނިގަން ހިމެނެ އެެވެ. މި ފިލްމުގައި އުޅޭ ސޭމް އަށް ހީވެސް ނުކުރާ ކަންތައްގަނޑަކާ ދިމާވަނީ ކޭމްޕް އަކަށް ދާ ހިސާބުންނެވެ. ކޭމްޕުގައި މާސްކެއް އަޅައިގެން އެހެން މީހުން މަރަން އުޅޭ މީހެއް އުޅެ އެވެ. އެމީހާ ކައިރިންް ސަލާމަތްވާންވެގެން ސޭމް އާއި އޭނާގެ ރަައްޓެއްސެއް އެކުގައި މަސައްކަތް ކުރެ އެވެ.

އިނގިރޭސި ސީރީޒް

5. ނެންސީ ޑްރޫ (ޕްރިމިއާ) - ޔޫއެސް އާ އެއް ދުވަހެއްގައި

އޮޮކްޓޯބަރު 10، ކޮންމެ ބުރާސްފަައްޗެއްގައި 18:00 ގައި ފޮކްސް ލައިފް އެެޗްްޑީ އިން (ޗެނަލް 810)

އެމެރިކަން މިސްޓްރީ ޑްރާމާ ނެންސީ ޑްރޫ އަަކީ ޓީނޭޖް ޑިޓެކްޓިވް އަކަށް ދިމާވާ އެކި އެކި ކޭސްތައް ހައްލުކުރަން އޭނާ އުޅޭ ގޮތާއި ކުރާ މަސައްކަތް ދައްކުވައިދޭ ސީރީޒް އެކެވެ. ނެންސީ ޑްރޫގެ ޑިޓެކްްޓިވްް ވާހަކަ އާއި ފިލްމުތައްވެސް އުފައްދާ ވަނީ ގިނަ ބައެއްގެ މަގުބޫލުކަންވެސް ހޯދާފަ އެވެ. އަަލަށްފަށާ މި ސީރީޒް ގައި ތަފާތު ކަންކަން ނެންސީ އަށް ދިމާވެ އެވެ. އެގޮތުން ނެންސީ އާއެކު އޭނާގެ ރަހުމަތްތެރިން މަރުގެ މައްސަލަ އެއްގައި ބެދި އޭގެން ސަލާމަތްވާން ޖެހޭ ފަހަރަކާވެސް ކުރިމަތިވެ އެވެ.

އިންފޮޓެއިންމަންޓް

6. އަންކަވާ އިންޑިއާ: އިންޑިއާސް މެގަ ކިޗަން - ސީޒަން 3

އޮކްޓޯބަރު 6، އާދިއްތާގައި 19:00 ގަައި ނެޝަނަލް ޖިއޮގްރަަފިކް ޗެނަލް އެޗްޑީ އިން (ޗެނަލް 820)

އަންކަވާ އިންޑިއާގައި ދައްކާލަނީ އިންޑިއާގެ ބޮޑެތި ބަދިގެ ތަަކެވެ. އިންޑިއާސް މެގަ ކިޗަަންތައް ދަައްކާލާއިރު އިންޑިއާގައި ކެއްކުމަށް ބޭނުން ކުރާ ސާމާނާއި ކައްކާ ގޮތާއި ކެއުން ތައްޔާރު ކުރާ ގޮތްވެސް ގާތުން ދައްކަ އެވެ. މިި އާދިއްތަ ދުވަަހު ފެންނާނީ ސެންޓްރަލް ބިހާރުގެ އަަވަށެއް ކަމުގައިވާ ބޮދާގަޔާގެ ބަދިގެ ތަކެވެ.

7. ފްލިޕް އޯ ފްލޮޕް ވޭގަސް - ސީޒަން 3

އޮކްޓޯބަރު 7، ކޮންމެ ހޯމަ އެއްގައި 18:00 ގައި އެޗްޖީޓީވީ އެޗްްޑީ އިން (ޗެނަލް 829)

ފްލިޕް އޯ ފްލޮޕްގެ ފްރެންޗައިސްގެ ދަށުން ގެންނަ މި ސީރީޒްގައި މިފަަހަރު އޮތީ ވޭގަސް އެވެ. ބްރިސްޓޮލް މަރުންޑޭ އާއި އޭނާގެ އަންހެނުން އޯބްރޭގެ މަސައްކަތަކީ ލަސް ވޭގަސްގައި ހުންނަ ބޭނުން ނުކޮށް ގިނަ ދުވަސްވީ ގެތައް ރީތިކޮށް ބޮޑު އަަގުގައި އަލުން ވިއްކާލުމެވެ. އޯބްރޭގެ ޑިޒައިން ވިސްނުން ބޭނުންކޮށް ބާވެ ގިނަ ދުވަސްވެފައިވާ ގެތައް ރީތި ކުރުމަށްފަހު ރިއަލް އެސްޓޭޓް ވިޔަފާރި އަށް ރަނގަޅަށް ވަދެ ބޮޑު އަގުގައި އެ ގެތައް ވިއްކަން މަސައްކައް ކުރެ އެވެ.

ހިންދީ

8. ސުޕަސްޓާ ސިންްގާ (ސުޕަ ފިނާލޭ)

އޮކްޓޯބަރު 6، ހޮނިހިރު އާއި އާދިއްތާގައި 19:30 ގައި ސޮނީ އެންޓަޓެއިންމަންޓް ޓީވީ އެޗްޑީ އިން (ޗެނަލް 853)

މިދިޔަ ހަފްތާގެ އެޕިސޯޑަށްފަހު ފިނާލޭ އަށް ދަަތުރު ކުރި ޓޮޕް 6 ކޮންޓެސްޓުން ވަނީ ހޮވާފަ އެވެެ. ޖަޖުންގެ ކުރިމަތީ ލަވަ ކިޔައިގެން އެންްމެ މޮޅު ހައެއް ހޮވާފައިވާ އިރު އޭގެ ތެރޭގައި ނުވަ އަހަރުގެ ކުޑަ ކުއްޖެއްވެސް ހިމެނެ އެވެ. ފައިނަލަށް ދިޔަ ހަ ކުދިންނަކީ (ނިޝްތާ ޝަރްމާ، ޕްރިތީ ބަޓަޗަރްޖީ، މައުލީ، އަންކޮނާ މުކަރްޖީ، ސްނޭހާ ޝަންކަރް އަދި ހަރްޝިތު ނާތު) އެވެ. މި ހަފްތާގެ ފިނާލޭ އެޕިސޯޑްގައި އެއްވަނަ އަށް ހޮވޭ ފަރާތަށް އިންޑިއާގެ ފުރަތަމަ ސުޕަސްޓާ ސިންގާގެ ޓައިޓްލް ލިބޭނެ އެވެ.

9. އިންޑިއަން އައިޑޮލް - ސީޒަން 11

އޮކްޓޯބަރު 12، ހޮނިހިރުން އާދިއްތަ އަށް 19:30 ގައި ސޮނީ އެންޓަޓެއިންމަންޓް ޓީވީ އެޗްޑީ އިން (ޗެނަލް 853)

ސޮނީ އެންޓަޓެއިންމަންޓް ޓީވީ ގެ އެންމެ ބޮޑު އެއް ރިއާލިޓީ ޝޯ އިންޑިއަން އައިޑޮލް ސީޒަން 11 މި ހަފްތާގައި ފަށާނެ އެވެ. ކާމިޔާބު 10 ސީޒަނަށްފަހު ސީޒަން 11 ފަށާއިރު ޖަޖުންގެ ގޮތުގައި މި ފަހަރު ފެންނާނީ ނޭހާ ކައްކަރު، ވިޝާލް ޑަޑްލާނީ އަދި އަނޫ މަލިކް އެވެ. ނޭހާ އަކީ އިންޑިއަން އަައިޑަލް އަށް ކޮންޓެސްޓެންޓެއް ގޮތުގައި އައިސް އޭނާގެ މިއުޒިކް ކެރިއާ ފެށި ކުއްޖެކެެވެ. އެއަށްފަަހު މަގުބޫލުކަަން ހޯދައިގެން މިހާރު ނޭހާ އަކީ އިންޑިއާގެ އެންމެ ޑިމާންޑް އޮތް ލަވަކިޔުންތެރިންގެ ތެރެއިން އެކަކެވެ. މީގެ އިތުރުން ޖަޖުންގެ ގޮތުގަައި ދެން ފެންނަ ދެ ޖަޖަކީވެސް މީގެ ކުރީ ސީޒަންތަކުގައި ބައިވެރިވެ ޖަޖް ކަން ކޮށްދީފައިވާ މަޝްހޫރު މީހުންނެވެ.

10. ސްޕޯޓްސް

ޕްރިމިއާ ލީގުގެ އެންމެ ވާދަވެރި ދެ ޓީމު މެންޗެސްޓާ ޔުނައިޓެޑް އާއި ލިވަޕޫލް މި މަހު ބައްދަަލު ކުރާނެ އެވެ. 20 އޮކްޓޯބަރުގައި އޯލްޑް ޓްރެފޯޑްގައި މި މެޗު ކުޅޭ އިރު ޝޯ ލައިވް ކޮށް އައިސް ޓީވީ އެޗްޑީ (ޗެނަލް 100) އިން އަދި ޕީއެލްޓީވީ އެޗްޑީ (ޗެނަލް 880) އިން 20:30 ގައި ދައްކާނެ އެވެ.