ރާއްޖެ ކުޅިވަރު

"ސިސްކާ ޖަޒީރާ" ކެރަމް ބޯޑު ތައާރަފްކޮށްފި

Oct 6, 2019

ދުނިޔޭގެ އެންމެ މޮޅު ކެރަމް ބޯޑު އުފައްދާ އެއް ކުންފުނިކަމަށްވާ "ސިސްކާ" އިން "ސިސްކާޖަޒީރާ" ގެ ނަމުގައި އިންޓަނޭޝަނަލް ސްޓޭންޑަޑްގެ ކެރަމް ބޯޑް މިއަދު ތައާރަފްކޮށްފި އެވެ.

މި ބޯޑް ތައާރަފްކޮށްފައި ވަނީ މ. މުލީގައި މިއަދު ހެނދުނު ފެށި އިންޑިއާ މޯލްޑިވްސް ޓެސްޓް ސީރީސްގަ އެވެ.

ސިސްކާ ކުންފުނީގެ ވެރިޔާ އަތުލް މެހެރާ ވިދާޅުވީ ސިސްކާގެ އުފެއްދުންތައް ބޭނުންކުރާ ކުޅުންތެރިންނާއި އަދި ގައުމީ އެސޯސިއޭޝަންތަކާއެކު އޮންނަ އިތުބާރާއި ގުޅުން ވަރުގަދަ ކުރަން މަސައްކަތްކުރާ ކަމަށާއި ހަމައެހެންމެ މުބާރާތްތަކަށް އެންމެ ފެންވަރު ރަނގަޅު ބޯޑު ހޯދައިދިނުމަކީ ވެސް އަމާޒެއް ކަމަށެވެ.

"ސިސްކާ ޖަޒީރާ ބޯޑު އެކުލެވިގެންވަނީ ދުނިޔޭގެ އެކި ގައުމުތަކުން ހޯދާފައިވާ އެންމެ މޮޅު ލަކުޑީގައި. ރާއްޖޭގެ މާކެޓަށް ސިސްކާ ޖަޒީރާ ފޯރުކޮށްދީ، ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލް ބްރޭންޑަކަށް މި ބްރޭންޑްވާނެ ކަމަށް އުއްމީދުކުރަން."

މި ޓެސްޓް އަށްފަހު ސިސްކާޖަޒީރާ ސީރީސްގެ ކެރަމް ބޯޑު ދުނިޔޭގެ މާކެޓަށް ނެރޭނެ އެވެ.