އެމްއެންޑީއެފް

ބޯޓަކާއި ބާޖެއް އޮޔާދާތީ ސަމާލުވާން އަންގައިފި

ކ.ތިލަފުށި ކައިރީގައި އޮތް ބޯޓަކާއި ބާޖެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

"ބަރޯސާ" ނަމަކައްކިޔާ ބޯޓަކާއި އެއާއި އެކުގައި އޮތް ބާޖު، ނަގިލި ކަނޑައިގެންގޮސް އޮޔާދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހަވީރު 16:20 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި މި ހާދިސާގެ މައުލޫމާތު އެމްއާރުސީސީއަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މި އުޅަނދުތައް އޮޔާދަނީ ކ. ތިލަފުއްޓާއި ކ. ފޭދޫފިނޮޅާއި ދޭތެރެއިން ނެވެ.

އެހެންކަމުން މި ސަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން އެ ކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.