ދިރާގު

ދިރާގު ޕޭ އެޕް މެދުވެރިކޮށް ކޭޝް އިން ކުރެވޭ ގޮތް ހަދައިފި

ދިރާގު ޕޭ އެޕް މެދުވެރިކޮށް ކޭޝް އިން ކުރެވޭ ގޮތް ހަމަޖައްސައިފި އެވެ.

ދިރާގުގެ ޑިޖިޓަލް ވޮލެޓް ގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ ހިދުމަތް ބޭނުން ކުރާނެ އިތުރު ގޮތްތަކެއް ތައާރަފުކޮށްފު ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ދިރާގުން މިއަދު ބުނި ގޮތުގައި މިހާރު ދިރާގުޕޭ ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ކާޑް އަދި ބޭންކް ޓްރާސްފާ މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝްއިން ކުރެވޭނެ އެވެ. އަދި މި ފީޗާގެ ސަބަބުން ކަސްޓަމަރުންނަށް ކޭޝް އިން ކުރެއްވުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ އެވެ.

ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއަ ފީލްޑް ކޮމިނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.

ފަސޭހަކަމާއެކު ކޭޝްއިން ކުރުމުގެ އިތުރުންވެސް މި ހިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސް އިތުރު ފީޗާސްތައް ވަނީ ހިމަނާފަ އެވެ. އެގޮތުން، މިހާރު ދިރާގު ޕޭ އެޕް މެދުވެރިކޮށް މާޗަންޓްސް އަދި އެޖެންޓްސް ހޯދުމާއި އަތޮޅާއި ރަށް ފިލްޓާ ކުރެވޭނެ ގޮތް ވެސް ވަނީ ހަދާފަ އެވެ.

ދިރާގުން ބުނި ގޮތުގައި ދިރާގު ޕޭ އަށް އިތުރު އެންއެފްސީ ކާޑު ގުޅުވާދެވޭ ނިޒާމެއްވެސް މިހާރު ވަނީ ގާއިމު ކޮށްފަ އެވެ. އެގޮތުން މިހާރު ކޮންމެ ދިރާގު ޕޭ ޑިޖިޓަލް ވޮލެޓަކަށް ތިން އެންއެފްސީ ކާޑު ނުވަތަ ސްޓިކާ ރަޖިސްޓާ ކޮށް ގުޅުވޭނެ އެވެ. މި ކާޑުތައް ބޭނުންކޮށް ހިންގާ ހުރިހާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް ދިރާގު ޕޭ އެޕް އަދި އެސްއެމްއެސް މެދުވެރިކޮށް ބެލެ އެވެ.

ދިރާގު ޕޭގެ ހިދުމަތް ދިރާގު ކަސްޓަމަރުންނާ އެއްފަދައިން އެހެން ލޯކަލް ނެޓްވޯކްތައް ބޭނުން ކުރާ ކަސްޓަމަރުންނަށްވެސް ބޭނުން ކުރެވެ އެވެ. މި ހިދުމަތް ހޯދުމަށް ދިރާގުގެ ކަސްޓަމާ ސާވިސް އޮފީހުން ރެޖިސްޓާ ކުރެވޭނެ އެވެ.