ހޮލީވުޑް

ބެޓްމޭންގެ ރޯލު ކުޅެ ބެޓްމޭންގެ ފިލްމުތައް އެފްލެކް ޑައިރެކްޓްކުރަނީ

Aug 11, 2015

ޑީސީ ދުނިޔެއަށް ވާނާބްރަދާސް ސްޓޫޑިއޯ އިން ލަައްކަ ބައިވަރު އުއްމީދުތަކެއް ކުރަމުން އެބަދެއެެވެ. "ބެޓްމޭން ވާސަސް ސުޕަމޭން"، "ސުއިސައިޑް ސްކުއަޑް" ގެ ފަހަތުން "ޖަސްޓިސް ލީގް"، "ވޮންޑަ ވުމަން" އަދި "އަކުއަމޭން" ވެސް ނެރޭނެ ކަމަށް އަންގާފައިވެއެވެ.

މިހާރު ހަބަރު ފެތުރެމުންދަނީ އާ ބެޓްމޭންގެ ރޯލް އަދާ ކުރަމުންދާ ބެން އެފްލެކް ކުރިޔަށް ހުރި ބެޓްމޭން ފިލްމްތަކެއް ލިޔެ ޑައިރެކްޓް ކުރާނެކަމުގެ ވާހަކައެވެ. މިއީ ތެދު ވާހަކައެއް ކަމުގައިވާނަމަ 1939 ގައި ޑީސީ ކޮމިކްތަކަށް ތައާރަފް ވެފައިވާ ބެޓްމޭންގެ ވާހަކަތަކެއް މުޅިން ބަދަލުވީ ހެއްޔެވެ؟

ފިލްމްގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދާ ފަރާތްތަކުން ބުނެފައިވަނީ ބެން ދައްކުވަައިދިން ކުޅުމުން ވާނާ ބްރޯސް ވަނީ ވަރަށް ހިތްހަމަޖެހިފައެވެ. އަދި 2018 ވަނަ އަހަރު ނެރެން ނިންމާފައިވާ ބެޓްމޭންގެ ޓްރިލޮޖީ އަށް އޭނާ ލައްވާ ސޮއިކުރުވާ ބެން ބެޓްމޭންގެ ރޯލަށް ދާއިމީ ކުރުވާ މިހާރު އެ ފިލްމްތަކުގެ ކާސްޓާއި ސްޓާފުން ހަމަޖައްސަމުން އެބަދެއެވެ.

މީގެ އިތުރުން ޑީސީގެ ހުރިހާ ފިލްމްތަކެއް ދެން ގުޅިފައި ހުންނާނީ ބެންގެ ބެޓްމޭން ރޯލް ވަށައިގެންނެވެ. މިކަމާއި ބެޓްމޭންގެ ސަޕޯޓަރުންނާއި ޑީސީ ކޮމިކްސްގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅު ކުރަމުން ދިޔަ ކަމުގައިވީ ނަމަވެސް މިހާތަނަށް އަޅުވާފައިވާ "ބެޓްމޭން ވާސަސް ސުޕަމޭންގެ" ޓްރެއިލާ ތަކުން ފެނިގެންދިޔަ މަންޒަރުހާ ފިލްމްގެ އެހެނިހެން މަންޒަރުތަކެއް "އެޕިކް" ނަމަ އިތުރު މައްސަލައެއް ޖެހޭނެހެނެއް ހިޔެއް ނުވެއެވެ.

ބެޓްމޭންގެ ޓްރިލޮޖީ 2018 ވަނަ އަހަރު ނެރޭނެ ކަމުގެ ހަބަރު ލިބިފައިވިޔަސް އަދި ޔަގީންކޮށްދީފައެއް ނުވެއެވެ.