ލައިފްސްޓައިލް

20 އަހަރު ފަހުން ގުލް ރާއްޖޭގައި ނެގި ފޮޓޯ ހިނގައިފި

ރީތީގެ ރާނީ އަދި ފިލްމީ ބަތަލާ ގުލް ޕަނާންގް ދާދި ފަހުން ވަނީ މީގެ 20 އަހަރު ކުރިން ރާއްޖެ އައިސް ރާއްޖޭގެ ގޮނޑުދޮށުގައި ސްވިމްސޫޓެއްގައި ނަގާފައިވާ ފޮޓޯއަކާއި ދާދިފަހުން ރާއްޖެ އައިސް ހަމަ އެ ސްވިމްސޫޓް ލައިގެން ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާ ގައި ޕޯސްޓް ކޮށްފަ އެވެ.

ގުލް 1991 ވަނަ އަހަރު ނަގާފައިވާ ފޮޓޯ އާއި މިފަހަރުގެ ފޮޓޯގައި މާ ބޮޑު ތަފާތެއް ނެތްއިރު މިފަހަރުގެ ފޮޓޯގައި އޭނާ މާ ޒުވާން ވެފައި ރީތި ކަމަށް ދައްކަ އެވެ. މިއީ ސޯޝަލް މީޑިއަގައި ގިނަ ބަޔަކު ގުލްގެ މި ފޮޓޮއަށް ތައުރީފު ކުރަމުންދާ ސަބަބެވެ.

ތަފާތު ފަންނާނުން އެކި ކަހަލަ ޗެލެންޖްތައް މިހާރު އެބަ ކުރެ އެވެ. ދިހަ އަހަރުގެ ޗެލެންޖް، އޯލްޑް އޭޖް ޗެލެންޖް މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ނަމަވެސް ގުލްގެ 20 އަހަރުގެ ޗެލެންޖަށް ވުރެ އެހެން އެއްވެސް ޗެލެންޖެއް މޮޅު ވާނެ ކަމަކަށް ނުބެލެވެ އެވެ.

ގުލް ރާއްޖޭގައި ކުރިން ނެގި ފޮޓޯ އާއި ފަހުން ނެގި ފޮޓޯ

ގުލްގެ ފޮޓޯއަށް ބޮލީވުޑް ތަރިންގެ ތެރެއިން ވެސް ބައެއް މީހުން ކޮމެންޓް ކޮށްފައިވާއިރު އެންމެން ވެސް ވަނީ ގުލްގެ ރީތި ކަމަށާއި ޒުވާން ކަމަށް ތައުރީފުކޮށްފަ އެވެ. ވިހި އަހަރު ވީއިރު ވެސް ހަށިގަނޑަށާއި ސިފަޔަށް އުމުރަށް އައި ބަދަލު ނައުމަކީ ހަމަ ގައިމުވެސް ވަރަށް މަދުމީހަކަށް ނޫނީ ކާމިޔާބު ކުރެވޭނެ ގޮންޖެހުމެއް ނޫނެވެ.
ގުލް އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ ވެބް ސީރީޒް "ދަ ފެމެލީ މޭން" އިންނެވެ.