ހަބަރު

ޑީކޯވި ފަތުރުވެރިއަކު ކުރަމަތި ރިސޯޓަށް ގެންގޮސްދީފި

Oct 9, 2019

ފީނަން ފައިބައިގެން އުޅެނިކޮށް ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެ، ހާލު ދެރަވި ފަތުރުވެރިއަކު އެމްއެންޑީއެފްގެ އެހީގައި އއ. ކުރަމަތީ އައިލެންޑް ރިސޯޓަށް ގެންގޮސް ދީފި އެވެ.

އެމްއެންޑީއެފުން ބުނީ ޑައިވް ކުރަން އުޅުމުގެ ތެރޭގައި ޑީކޯވެ، ހާލުދެރަވި ފަތުރުވެރިއަކު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އަވަސް ފަރުވާދޭން ސީއެމްބިޔުލާންސްގައި ކުރަމަތީ ރިސޯޓަށް ގެންގޮސްދީފައިވާ ކަމަށެވެ.

ޑީކޯވެ ހާލު ދެރަވި ފަތުރުވެރިޔަކީ ރަސްދޫ ކައިރީ އޮތް ސަފާރީއެއްގައި ޑައިވްކުރަން އުޅުނު 58 އަހަރުގެ އަންހެނެކެވެ. އެމީހާއަށް އަވަސް ފަރުވާ ދިނުމަށް ކުރަމަތި ރިސޯޓަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު އެވެ.