ހަބަރު

ޑްރަގާއި ވަގަށް ނަގާފައިވާ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

Oct 9, 2019

މަސްތުވާތަކެއްޗާއި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމަނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:40 ހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް މީހެއްގެ ހަރަކާތްތައް ހުރިގޮތުން ޝައްކު ކުރެވިގެން ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެމްސަންގް ޓެބަކާއި ގެލެކްސީ ނޯޓް 10 އަކާއި 6697 ރުފިޔާ އާއި 40 ޑޮލަރު ފެނިފައިވާ ކަމަށެވެ. އަދި 19،000 ރުފިޔާގެ އަގުހުރި ޓިސޮޓް ގަޑިއެއް ފެނިފައިވާ ކަމަށެވެ.

އެތަކެތީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓްތަކެއްވެސް ފެނިފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.