ބޮލީވުޑް

"ބޮމްބޭ ގާލް" ގެ ބަތަލާއަކަށް ޖާންވީ

އަލަށް ފިލްމު ކުޅެން ފެށި ބަތަލާއިންގެ ތެރެއިން ޖާންވީ ކަޕޫރަކީ މިހާރު އެންމެ ބިޒީ އެއް އެކްޓަރެވެ. ހަތަރު ފިލްމެއްގެ މަސައްކަތް މިހާރު ޖާންވީ ދަނީ ކުރަމުންނެވެ. އަދި ޖާންވީ މިހާރު ވަނީ އޭނާގެ ބައްޕަ ބޯނީ ކަޕޫރު ޕްރޮޑިއުސްކުރާ "ބޮމްބޭ ގާލް"ގެ ބަތަލާގެ ރޯލު ކުޅެން ނިންމާފަ އެވެ. މި ފިލްމުގެ ބަތަލަކީ ޖާންވީގެ ފުރަތަމަ ފިލްމު "ދަޅަކް" ގެ ބަތަލު އިޝާން ޚައްތަރު އެވެ.

"ބޮމްބޭ ގާލް" އަކީ ވަރަށް ބަސްނާހާ ޓީންއޭޖް އަންހެން ކުއްޖެއްގެ ވާހަކަ އެވެ. މި ފިލްމު ޑައިރެކްޓްކުރަނީ ސަންޖޭ ޓްރިޕާތީ އެވެ.

ޖާންވީގެ ހަތަރު ފިލްމެއް މިހާރު ކުރިޔަށް އެބަ ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ "ރޫހް އަފްޒާ" އާއި "ތަޚްތު" އާއި "ކާރްގިލް ގާލް" އަދި "ދޯސްތާނާ 2" އެވެ.

"ރޫހް އަފްޒާ" އަކީ ހާރްދިކް މެހެތާ ޑައިރެކްޓްކުރާ ރާޖްކުމާރް ރާއޯ ބަތަލުގެ ބައިކުޅާ ފިލްމެކެވެ. "ތަޚްތު" އަކީ ކަރަން ޖޯހަރް އުފައްދާ ފިލްމެކެވެ. މި ފލްމުގައި ޖާންވީ އާއެކު ރަންވީރު ސިންގް، ވިކީ ކޯޝަލް، އާލިއާ ބަޓް އަދި ކަރީނާ ކަޕޫޜު ވެސް ބައިވެރިވެ އެވެ. "ދޯސްތާނާ 2" ގައި ޖާންވީ އާއެކު ފެންނާނީ ކާރްތިކް އާރްޔަން އާއި ލަކްޝްޔާ އެވެ.