އިދިކޮޅު ފަރާތްތައް

ހައްޔަރު ކޮށްފާނެތީ ބިރެއް ނުގަނޭ: އިދިކޮޅު

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފުލުހަށް ހާޒިރުކުރި ދުވަހު ސަޕޯޓަރުންނާއެކު
0%
0%
0%

ހައްޔަރު ކޮށްފާނެތީ ބިރު ނުގަންނަ ކަމަށާ ބޭއިންސާފާ ދެކޮޅަށް އަޑު އުފުލުގައި ޕީޕީއެމް / ކޮންގްރެސް ދެމި އޮންނާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑު އެހުން ކުރިއަށްދިޔަ ވަގުތު އެމަނިކުފާނުގެ މައްޗަށް ކުރެވެނީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ ޕީޕީއެމާއި ކޮންގްރެސްގެ އިސް ބޭފުޅުންނާއެކު އެ ދެ ޕާޓީއަށް ނިސްބަތްވާ ބައެއް އާންމުން ކްރިމިނަލް ކޯޓް ސަރަހައްދަށް މިއަދު ވަނީ އެއްވެފަ އެވެ، އެ އެއްވުމުގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ޕީޕީއެމްގެ ކައުންސިލް މެންބަރު ސަމްސީނާ ވަނީ ހައްޔަރު ކޮށްފަ އެވެ.

ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރަނީ ސިޔާސީ ޝަރީއަތެއް ކަމަށާ އެހެންކަމުން ބޭއިންސާފާ ދެކޮޅަށް އަޑު އުފުލުމުގެ ހައްގު އޮންނާނެ ކަމަށެވެ. އަދި ކޮންގްރެސް އާއި ޕީޕީއެމްގައި ތިބީ ހައްޔަރު ކޮށްފާނެތީ ޖެހިލުންވާ މީހުން ނޫން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މިނިވަންކަމާއެކު ޚިޔާލު ފާޅު ކުރަމުން ދަނިކޮށް ޕީޕީއެމްގެ ކައުންސިލް މެންބަރު ހައްޔަރު ކޮށްފައިވާ ކަމަށާއި ރައީސް ޔާމީންގެ ސަޕޯޓަރުން އެ ސަރަހައްދަށް އެއްވީ މުޒާހަރާ ކުރަން ނޫން ކަމަށާއި އެ ސަރަހައްދަށް އެއްވި މީހުންނަކީ ޝަރީއަތުގެ މަޖިލީހަށް ފަހު ރައީސް ޔާމީން ނިކުމެ ވަޑައިގެންނެވުމުން އެމަނިކުފާނަށް ހިތްވަރު ދޭން ދިޔަ ސަޕޯޓަރުން ކަަމަށެވެ. އަދި ވިދާޅުވީ އެ ސަރަހައްދުގައި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

"މިވަގުތު އިދިކޮޅުގައި ތިބެ އަޅުގަނޑުމެންގެ މަސައްކަތަކަށް ހުއްޓުމެއް ނާންނާނެ. ހައްޔަރުކުރާ މީހުންގެ ދިފާއުގައި އަޅުގަނޑުމެންގެ ޕާޓީން ނުކުންނާނެ.. އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް ދަންނަވާލަން ބޭނުންވަނީ އެއްގޮތަކަށް ވެސް ކަންބޮޑު ނުވާށޭ. އެއްވެސް މީހަކު ހައްޔަރުކުރި ނަމަވެސް ދޭންޖެހޭ އެހީތެރިކަން ދިނުމުގައި އަޅުގަނޑުމެން ދެ ޕާޓީ ދެމި އޮންނާނެއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ކޯޓް ސަރަހައްދުން ހައްޔަރުކޮށްފައި ވަނީ އުމުރުން 38 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަ ނީ ފުލުހަކަށް ހަމަލާދީގެން ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910