ޕްރިޔާންކާ ޗޯޕްރާ

ހަނދާންވީމަ ނިކް ބަލަނީ "މޭރީ ކޮމް": ޕްރިޔަންކާ

ޕްރިޔަންކާ ޗޯޕްޅާ ގިނަ ދުވަސްތައް މިހާރު ހޭދަ ކުރަނީ ނިއުޔޯކްގަ އެވެ. ނަމަވެސް ދާދި ފަހުން އޭނާ ވަނީ ގިނަ ދުވަސްތަކެއް އިންޑިއާގައި ވެސް ހޭދަ ކޮށްފަ އެވެ. އެއީ ކައިވެންޏަށްފަހު ކުޅުނު ފުރަތަމަ ފިލްމު "ދަ ސްކައި އިޒް ޕިންކް" ރިލީޒްކުރާ ދުވަސް ކައިރިވަމުން އަންނާނީ ފިލްމު ޕްރޮމޯޓް ކުރުމުގަ އެވެ.

ޕްރިޔަންކާ ދާދިފަހުން ވަނީ ފިރިމީހާ ނިކް ޖޯނަސް އާ ބެހޭ ގޮތުން ވެސް ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފަ އެވެ.
ޕްރިޔަންކާ ބުނީ އޭނަ އާއި ނިކް އަކީ ވަރަށް ބިޒީ ދެ މީހުންނަށް ވާތީ އެކުގައި ހޭދަ ކުރަން ލިބޭ ވަގުތު ވަރަށް މަދު ކަމަށެވެ.

އަދި ޕްރިޔަންކާ ނެތް ދުވަހަކު އޭނާ މަތިން ހަނދާންވާ ވަރުން ޕްރިޔަންކާ ކުޅެފައިވާ "މޭރީ ކޮމް" ނިކް ބެލި ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ މިހާޜު އެންމެ އިސްކަންދޭ ކަންތަކުގެ ތެރޭގައި ނިކް އާއެކު ދަރިން ހޯދުން ހިމެނެ އެވެ. ނަމަވެސް އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ކުރަން ބޭނުން ނުވާ ކަމަށް ޕްރިޔަންކާ ބުންޏެވެ.