ޓެކްނޯލޮޖީ

ފޭސްބުކުން ލައިކް ލިބޭވަރު ދެން ނުފެނިދާނެ

Oct 10, 2019
1

ސޯޝަލް މީޑިއާ އޭ ބުނެފިއްޔާ އެންމެ ފުރަތަމަ ވެސް ހިތަށް ވެރިވެގަންނަނީ ފޭސްބުކް އެވެ. ނުވަތަ އިންސްޓަގްރާމް އެވެ. ފޭސްބުކަށް ފޮޓޯއެއް އަޕްލޯޑް ކުރުމަށްފަހު އިރުއިރު ކޮޅުން އެ ފޮޓޯއަށް ލައިކެއް ލިބުނުތޯ ބަލާލެވޭނެ އެވެ. ގިނަ ފަހަރަށް ވެފައިވަނީ ގިނައިން ލައިކް ލިބުމަކީ އެމީހަކު މަގްބޫލު ވެގެންދަނާ ސަބަބަކަށެވެ. ތަފާތު ޕޯޒްތަކަށް ނަގައި މޮޅު ކެޕްޝަން ލިޔެފައި އަޕްލޯޑް ކުރަނީ ވެސް ގިނައިން ލައިކް ހޯދުމުގެ ބޭނުމުގަ އެވެ. އެކަމަކު ލައިކް ހޯދުމަށް ފޭސްބުކަށް ފޮޓޯ އަޕްލޯޑް ކުރާ ފަރާތްތަކަށް ފޭސްބުކުގެ މުވައްޒިފުން މިވަނީ ހިތާމަވެރި ހަބަރެއް ދީފަ އެވެ. ފޭސްބުކަށް ގެންނަ އަޕްޑޭޓެއްގެ ސަބަބުން ފޮޓޯ އަޕްލޯޑް ކުރާ ފަރާތް ނޫން އެހެން ފަރާތަކަަށް ލައިކް ލިބޭވަރު ނުފެނި ހިނގައިދާނެ ކަމުގެ ހަބަރެވެ.

ޓެކްނޮލޮޖީގެ ހަބަރުތަށް ގެނެސް ދިނުމުގައި އެމެރިކާގައި މަޝްހޫރު ނޫހެއް ކަމަށްވާ ވާގްއަށް ފޭސްބުކް ކުންފުނީގެ މުވައްޒިފުންތަކެއް ދިން ސިއްރު އިންޓަވިއުއެއްގައި ބުނެފައިވަނީ، 2021 ނުވަތަ 2022 ވަނަ އަހަރު ފޭސްބުކަށް ގެންނަ އަޕްޑޭޓެއްގެ ސަބަބުން އެހެން މީހުނަށް ލައިކް ނުފެންނި ހިނގައިދާނެ ކަމަށް ބުނެފަ އެވެ. މިފަދަ އަޕްޑޭޓެއް ގެންނަން އެ ކުންފުނިން ވިސްނަމުންދަނީ، ފޭސްބުކުގައި ލައިކް ލިބޭ މީހުނަށް ވުރެ ގިނައިން ނުލިބޭ މީހުން ގިނަވާތީ އެފަރާތްތަކުން ފޭސްބުކަށް ޝަކުވާ ކުރަމުންދާތީ އެވެ. ނަމަވެސް ވެރިފައިޑް ނުވަތަ ނޫ ފާހަގަ ޖަހާފައިވާ އެކައުންޓުތަށް މި އަޕްޑޭޓުން އިސްތިސްނާ ވާނެ އެވެ.

ފޭސްބުކުގެ ދަށުން ހިންގާ އިންސްޓްގްރާމުން ލައިކް ނުފެންނަ ގޮތް ހެދި އެވެ. އަދި އެއީ ފޭސްބުކަށް ގެންނަ ބަދަލު ޓެސްޓު ކުރުމުގެ ގޮތުން ގެނައި ބަދަލެކެވެ. އެކަމަކު މިހާރު އިންސްޓްރާމްއިން ލައިކް ފެންނަން ހުންނާނެ އެވެ. އިންސްޓްރާގަމަށް މިބަދަލު ގެނައިކަން ފޭސްބުކުން ވަނީ ރަސްމީކޮށް އާންމުވެސް ކޮށްފަ އެވެ.