ހަބަރު

ފޯނެއް ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

Oct 10, 2019

މާލޭގައި މީހެއްގެ އަތުން ފޯނެއް ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ 11:40 ހާއިރު، ވަގަށް ނަގާފައިވާ ސައިކަލެއްގައި ދިޔަ މީހަކު ފޯނެއް ފޭރިގަތް މައްސަލާގައި 26 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި 15،000 ރުފިޔާގެ ފޯނު ވެރިފަރާތާ ހަވާލުކުރުމުގެ އިތުރުން ފޭރުނު މީހާ ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

މަގުމަތިންދާ މީހުންގެ އަތުން ފޯނާއި އަތްދަބަސް ފަދަ ތަކެތި ފޭރޭ މައްސަލަ މާލޭގައި މިހާރު ވަނީ އާއްމުކަމަކަށްވެފަ އެވެ.