މީޑިއާނެޓް

މީޑިއާނެޓް: ހަފްތާގެ ޓޮޕް ޓެން ޝޯ

Oct 14, 2019

މީޑިއާނެޓާ ގުޅިގެން މި ގެނެސްދެނީ މި ހަފުތާގެ އެންމެ ގަދަ 10 ޝޯ އެވެ.

ކުޑަކުދިންގެ ޝޯތައް

1. ޔައްކާ ޑީ ސީރީޒް 3

އޮކްޓޯބަރު 14، ހޯމައިން ހުކުރަށް 17:45 ގައި ސީބީބީސް އެެޗްޑީ އިން (ޗެނަލް 839)

އެެނިމޭޝަން އާއި ލައިވް އެކްޝަން ހިމެނޭ ކުޑަކުދިންގެ މި ސީރީޒް އަކީ ކުޑަކުދިންނަށް އާ ބަސްތައް ދަސްކޮށްދީ ސެލްފް ކޮންފިޑެންސް ވަރުގަދަ ކުރަން އެހީވެދޭ ސީރީޒް އެކެވެ. ކޮންމެ އެޕިސޯޑެއްގައި މި ސީރީޒްގައި އުޅޭ ޑީ އިނގިރޭސިން އާ ބަހެއް ކިޔަވައިދޭނެ އެވެ. އެކި ރާގުތަކަށް އެކި ގޮތް ގޮތަށް އެ ބަސް ބޭނުން ކުރާނެ ގޮތް ކިޔައިދީ ކުޑަކުދިންނަށް ކޮންމެ ދުވަހަކުވެސް އާ ބަހެއް އުނގަންނައި ދިނުމުގައި އެހީވެދޭނެ އެވެ. މިއީ އެޑިއުކޭޝަނަލް ކުޑަކުދިންގެ ސީރީޒް އެކެވެ.

2. ޕޯ ޕެޓްރޯލް އަލްޓިމެޓް ރެސްކިއު (މެރެތަން)

އޮކްޓޯބަރު 20، ހޯމައިން ހުކުރަށް 4:15 ގައި ނިކް ޖޫނިއާ އިން (ޗެނަލް 207)

ހަ ރެސްކިއު ޑޯގް ހިމެނޭ މި ސީރީޒް އަކީ ކުޑަކުދިންގެ މެދުގައި ވަަރަށް މަގުބޫލު ސީރީޒް އެކެވެ. އޭއްޗެހީގެ މަސައްކަތަކީ އެ އަވަށުގެ އެކި މީހުންނަށް ދިމާވާ ކަންކަމުން ސަލާމަތް ކޮށްދިނުމެވެ. ކޮންމެ ކުއްތާ އެއްގައިިވެސް ތަފާތު ހުނަރެއް ހުރެ އެވެ. ބައެއް އެއްޗެއްސަށް އުދުހެވޭއިރު ވެހިކަލްތަކަށް ބަދަލުވުމުގެ ފުރުސަތުވެސް އޮވެ އެެވެ. މި ހަފްތާގައި މީޑިއާނެޓް އިން ޕޯ ޕެޓްރޯލްގެ ދެ ގަޑިއިރުގެ ބޮޑު މެރެތަން އެއް ދައްކާނެ އެވެ. އަދި ދުވަހަކުވެސް ނުދައްކާ ހާއްސަ އެެޕިސޯޑް އެއްވެސް މި މެރެތަންގައި ހިމެނެ އެވެ.

ފިލްމުތައް

3. ބްލައިންޑް ސްޕޮޓިން (ޕްރިމިއާ)

އޮކްޓޯބަރު 14، ހޯމައިގައި 18:00 ގައި ފޮކްސް މޫވީސް އެޗްޑީ އިން (ޗެނަލް 800)

ބްލައިންޑް ސްޕޮޓިން އަކީ އެމެރިކަން ކޮމެޑީ ޑްރާމާ ފިލްމެކެވެ. ޑޭވިޑް ޑިގްސް އާއި ރަފައެލް ކަސަލް ފެންނަ މި ފިލްމު ރިލީޒް ކުރީ 2018 ވަނަ އަހަރު އެވެ. ފިލްމުގައި ދައްކުވައިދޭނީ ޕޭރޯލްގެ ދަށުން ދޫކޮށްލާފައި ހުންނަ މީހެއްގެ ހުކުމަށް ތިން ދުވަސްވެފައި އޮއްވާ ދިމާވާ ހާދިސާއެކެވެ. އޭނާ އަށް ފުލުހުންގެ ބަޑިޖެހުންތަކެއް ފެނި ދުވަސްވީ ގާތް ގުޅުމެއް ގެއްލޭނެ ކަމުގެ އިޝާރާތެއް ފެނެ އެެވެ. މި ފިލްމަށް ކްރިޓިކުން ފަރާތުން ޕޮޒިޓިވް ފީޑްބެކް ލިބުނެވެ.

4. ދަ ގާލް އިން ދަ ސްޕައިޑާސް ވެބް (ޕްރިމިއާ)

އޮކްޓޯބަރު 19، އާދިއްތަ 18:00 ގައި ފޮކްސް މޫވީސް އެޗްޑި އިން (ޗެނަލް 800)

ދަ ގާލް އިން ދަ ސްޕަައިޑާސް ވެބް އަކީ ހަމަ މި ނަމުގައި ނެރުނު ވާހަކަ އެއްގެ މައްޗަށް ބިނާ ކޮށް އުފައްދާފައިވާ އެކްޝަން ތުރިލާ ފިލްމެކެވެ. ފިލްމުގައި ފެންނަނީ ނެޝަނަލް ސެކިއުރިޓީ އޭޖެންސީ އިން ވަކިކޮށްލާ މީހެއް، ހެކް ކުރާ މީހެއްގެ އެހީގައި ދުނިޔޭގެ ހުރިހާ ހިސާބެއްގެ ނިއުކްލިއާ ވެޕަން ތަަކުގެ ކޯޑުތަކަށް އެކްސެސް ވުމުން ދިމާވާ ކަންތައްތަކެވެ. އަދި އެ ކޯޑުތައް ޑައުންލޯޑް ކުރުމުން ރަޝިއާގެ މީހުންނާ ކުރިމަތިލުންތަކަކާ ދިމާވެ ނޭވާ ހިފަހައްޓާލަން ޖެހޭ މަންޒަރުތަކެއްވެސް ފެންނާނެ އެވެ. މިދިޔަ އަހަރުގެ ރޯމް ފިލްމު ފެސްޓިވަލްގައި ޕްރިމިއާ ކުރި މި ފިލްމަށް 35.2 މިލިއަން ޑޮލަަރު ބޮކްސް އޮފީހުން ލިބުނު އިރު ކްރިޓިކުންގެ މެދުގައިި ފިލްމާމެދު ހިޔާލުތައް ތަފާތެވެ.

އިނގިރޭސި ސީރީޒް

5. ސުޕަނެޗުރަލް (ފިނާލޭ ސީޒަން) (ޕްރިމިއާ)

އޮކްޓޯބަރު 14، ކޮންމެ ހޯމަ އެއްގައި 19:40 ގައި އޭއެކްސްއެން އެޗްޑީ އިން (ޗެނަލް 814)

ވިންޗެސްޓާ ބްރަދާސްގެ މި އެޕިކް ޖާނީ މިހާރު މިއިތީ ނިމެނ ކައިރި ވެފަ އެވެ. ސުޕަނެޗުރަލްގެ ފަނަރަ ވަނަ ސީޒަން އަކީ މި ސީރީޒްގެ ފިނާލޭ ސީޒަން އެވެ. މި ހަފްތާގައި އެންމެ ފަހު އެޕިސޯޑްތައް ޕްރިމިއާ ކުރާއިރު އެންމެ ފަހު ހާދިސާތައް ފެންނާނެ އެވެ. ސުޕަނެޗުރަލް އަކީ 2005 ގައި ދައްކަން ފެށި ތުރިލާ ސިރީޒް އެކެވެ. މި ސީރީޒްގައި ފެންނާނީ އެއްބަނޑު އެއްބަފާ ދެ ބޭބެ އެއް (ސޭމް އާއި ޑީން) އެމީހުންގެ މަންމަ ސުޕަނެޗޗުރަލް ކަމެއްގެ ތެރެއިން މަރުވުމުން އެކަންކަމާ ގުޅިގެން ހިނގާ އާދަޔާހިލާފު ކަންކަމެވެ. ގިނަަ ބައެއްގެ މަގުބޫލުކަން މި ސީރީޒް އަށް ލިބުނީ ސޭމް އާއި ޑީންގެ މޮޅު އެކުވެރި އެކްޓިންގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެންމެ ފުރަތަަމަ އެޕިސޯޑްވެސް 6 މިލިއަނާ ގާތް ކުރާ އަދަދެއްގެ މީހުން ބެލި އެވެ.

އިންފޮޓެއިންމަންޓް

6. ވުމަން އޮފް އިމްޕެކްޓް: ޗޭންޖިން ދަ ވޯލްޑް (ޕްރިމިއާ)

އޮކްޓޯބަރު 19، ހޮނިހިރުގައި 19:00 ނެޝަނަލް ޖިއޮގްރަފިކް ޗެނަލް އެޗްޑީ އިން (ޗެނަލް 820)

އަމިއްލަ ފަރުދެއްގެ ގޮތުން ދުނިޔެ އަށް ގެނެވޭނީި ކޮން ބަަދަލެއް ހެއްޔެވެ. މި ސީރީޒްގައި ދައްކުވައިދޭނީ ގޭގައި ދިރިއުޅޭ އާދައިގެ މީހުން ފަށައިގެން މަޝްހޫރު ފިލްމީތަރިން ގެ ވާހަކަތަކެވެ. އެމީހުންނަކީ ދުނިޔެ އަށް ބަދަލެއް ގެނައުމަށް އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ މީހުންނެވެ. އެގޮތުން، ކްލާސްރޫމްތަކުގައި މަސައްކަތް ކުރާ މީހުންނާއި، ކޯޓް ރޫމްތަކާއި ނިއުސްރޫމްތަކުގައި މަސައްކަތް ކުރާ މީހުންގެ ވާހަކަތައްވެސް ފެންނާނެ އެވެ.

7. ލޮސްޓް ސިޓީޒް ވިތު އެލްބަޓް ލިން (ޕްރިމިއާ)

އޮކްޓޯބަރު 19، ހޮނިހިރުގައި 18:00 ނެޝަނަލް ޖިއޮގްރަފިކް ޗެނަލް އެޗްޑީ އިން (ޗެނަލް 820)

ހޮނިހިހަ ބަޔަކަށް ބަހާލައިގެން ނެޝަނަލަ ޖިއޮގްރަފިކް ޗެނަލުން ގެންނަ މި ސީރީޒް އަކީ އާކިއޮލޮޖީ އާއި ތާރީހީ ކަންކަމަށް ލޯބި ކުރާ މީހުންނަށް ކަމުދާނެ ސީރީޒް އެކެވެ. ޝޯގެ ހޮސްޓް އެލްބަޓް ލިން އާއި އިތުރު އާކިއޮޮޖިސްޓުން އެކުގައި މަސައްކަތް ކުރަނީ މީގެ ކުރިންް މީހުން އުޅުނު އެކަމަކު ގެއްލިފައި ހުރި ސިޓީތަައް ހޯދުމަށެވެ. އެގޮތުން، ލޮސްޓް ސިޓީ އޮފް ގޯސްޓް ސިޓީ އޮފް ދަ ޕެސިފިކް އާއި ފޯރްޓްރެސް އޮފް ދަ ނައިޓްސް ޓެމްޕްލާ މި އެޕިސޯޑްތަކުގައި ހިމެނެ އެވެ. އެލްބަޓް ލިން އަކީ ސައިންޓިސްޓަކަށް ވިޔަސް ބެލުންތިންގެ މެދުގައި އެއީ ޝޯތައް ޕްރޮޑިއުސް ކޮށް ހުށަހަޅިއިދޭ އެކްސްޕްލޯރާ އެކެވެ.

ހިންދީ

8. ޔޭ ޖާދޫހޭ ޖިން ކާ (އާ ސީރީޒް އެއް)

އޮކްޓޯބަރު 14، ހޯމައިން ހުކުރަށް 20:00 ގައި ސްޓާޕްލަސް އެޗްޑީ އިން (ޗެނަލް 853)

އަލަށް ފަށާ މި ލޯބީގެ ޑްރާމާ ސިލްސިލާ ގައި ފެންނާނީ ނުބައި ޖާދޫގެ ބާރުތަކެއް ޖެހިފައި ހުންނަ ފިރިހެން ކުއްޖަކާއި އޭނާ އާ ދިމާވާ އަންހެން ކުއްޖެއްގެ ލޯބީގެ ތަފާތު ވާހަކަ އެވެ. ސީޒީޒްގައި ފިރިހެން ތަރީގެ ރޯލުން ފެންނަނީ ވިކްރަމް ސިންގް ޗޯހަން އެވެ. އަދި އަންހެން ތަރީގެ ރޯލުން އަދިތީ ޝަރްމާ އެވެ. ބައެއް ފަަރާތްތަކުން ބުނާ ގޮތުގައި މި ސީރީޒްގައި ފިރިހެން ތަރީގެ ކެރެކްޓާގެ އިންސްޕިރޭޝަން އަކީ ބޮލީވުޑް ތަރި ސައިފް އަލީ ޚާން އެވެ. އަދި އަންހެން ތަރި އަކީ ކަރީނާ ކަޕޫރުގެ ކެރެކްޓާ އިން އިންސްޕަޔާވެގެން އުފައްދާފަ އިން ރޯލެއް ކަމަށެވެ. މި ހަފްތާގައި މި ސިރީޒް ޕްރިމިއާ ކުރާނެ އެވެ.

9. މޫވީ މަސްތީ ވިތު މަނީޝް ޕޯލް

ހޮނިހިރުން އާދިއްތަ އަށް 21:00 ގައި ޒީޓީވީ އެޗްޑީ އިން (ޗެނަލް 852)

ކޮމީޑިއަން މަނީޝް ޕޯލްގެ އާ ޓޯކްޝޯ އެއް މިދިޔަ މަހު ފަހުކޮޅު ފެށި އިރު ފުރަތަމަ ޝޯވެސް ބެލުންތެރިންގެ މެދުގައި މަގުބޫލުވި އެވެ. މި ޝޯގައި ބޮލީވުޑްގެ އެކި ތަރިން ގެނެސްގެން ތަފާތު ގޭމްތައް ކުޅުވާ ޓާސްކުތައް ހަވާލު ކުރެ އެވެ. ފުރަތަމަ ޝޯގެ ގެސްޓެއް ގޮތުގައި ގެނައީ ބޮލީވުޑް ތަރި އަކްޝޭ ކުމާރު އެވެ. މި ހަފްތާގެ ޝޯ ހާއްސަ ކޮށްފަައި އޮތީ މި މަހު 25 ގައި ނެރޭ ފިލްމު "މޭޑް އިން ޗައިނާ" އަށެވެ. އެގޮތުން ފިލްމުގެ ލީޑް ދެ ތަަރި ސޯނަމް ކަޕޫރު އަަހޫޖާ އާއި ރާޖްކުމާރް ރާއޮ ފެންނާނެ އެވެ.

10. ސްޕޯޓްސް

ޕްރިމިއާ ލީގުގެ އެންމެ ވާދަވެރި ދެ ޓީމު މެންޗެސްޓާ ޔުނައިޓެޑް އާއި ލިވަޕޫލް މި މަހު ބައްދަަލު ކުރާނެ އެވެ. 20 އޮކްޓޯބަރުގައި އޯލްޑް ޓްރެފޯޑްގައި މި މެޗު ކުޅޭ އިރު ޝޯ ލައިވް ކޮށް އައިސް ޓީވީ އެޗްޑީ (ޗެނަލް 100) އިން އަދި ޕީއެލްޓީވީ އެޗްޑީ (ޗެނަލް 880) އިން 20:30 ގައި ދައްކާނެ އެވެ.