ހަތެއް

އާއިލީ ހަވީރުގައި ރައީސް ބައިވެރިވެވަޑައިގެންފި

Oct 12, 2019
1

ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރަން ކުޑަކުދިންގެ ބަގީޗާގައި މިއަދު ބޭއްވި އާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބައިވެރިވެ ވަޑައިގެންފި އެވެ.

އާއިލީ ހަވީރުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ކުޑަކުދިންގެ ބަގީޗާއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެތަނުގައި ހުޅުވާފައި ހުރި އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ބައްލަވާ ލައްވާފަ އެވެ.

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރަން ޖެންޑާ މިނިސްޓްރީން އިންތިޒާމު ކުރި އާއިލީ ހަވީރުގައި އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އެކިއެކި އިދާރާތަކުން ޖުމްލަ 17 ސްޓޯލެއް ހުއްޓެވެ.