ފަޒްނާ އަހުމަދު

އަންހެން ކުދިންގެ ދުވަހުގެ ހަރަކާތް ބައްލަވާލައްވައިފި

މިއަހަރުގެ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަ ކުރަން ބ. ގޮއިދޫގައި ކުރިޔަށް ގެންދިޔަ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު މިއަދު ބައްލަވާ ލައްވައިފި އެވެ.

އަންހެންކުދިންގެ ދުވަސް ފާހަގަ ކުރަން ގޮއިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި 16 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ބޭއްވި ގާލް އެމްޕަވާމަންޓް ވޯކްޝޮޕްގައި ހިމެނޭ ސެޝަން ތަކުގެ ތެރެއިން "ވައޮލެންސް އެންޑް ހެރޭސްމަންޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ސެޝަނާއި "ހެލްތީ ރިލޭޝަންޝިޕް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ސެޝަން ރައީސްގެ އަނބިކަނބަލުން ބައްލަވާލެއްވި އެވެ.