މުޖްތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގަން ގޮވާލާ ސޯޝަލް މީޑިއާގަައި ޕޯސްޓްތައް ކުރަމުން ދިޔަ މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން މިރޭ ހައްޔަރު ކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އޭނާއަކީ މުޖްތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގަން ގޮވާލާ ސޯޝަލް މީޑިއާގަައި ޕޯސްޓްތައް ކުރަމުން ދިޔަ މީހެއް ކަމަށެވެ. އޭގެ އިތުރަށް ޓެރަރިސްޓް ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔުންތައް ވެސް އޭނާ ޕޯސްޓް ކުރަމުން ގެންދިޔަ ކަމަށެވެ.
ފުލުހުން ހައްޔަރުކުރި މީހާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.
މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގަން ގޮވާލާ ސޯޝަލް މީޑިއާގަައި ޕޯސްޓް ކުރަމުން ދިޔަ އެ މީހާ ހައްޔަރުކޮށްފައި މިވަނީ އެފަދަ އަމަލުތައް ނުހިންގުމަށާ އެފަދަ ކަންކަަން ކުރާ ފަރާތްތައް ހުއްޓުވާނެ ކަމަށް ފުލުހުން ތަކުރާކޮށް ބުނެފައި ވަނި ކޮށެވެ.
ހަރުކަށި ޚިޔާލާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ރާއްޖޭގައި ގިނަވަމުންދާއިރު، ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ބެލުމުގައި ފުުލުހުންގެ ހަރަކާތްތެރިކަން ކުޑަކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް އެކަމަށް ފާޑު ކިޔަމުންނެވެ.