ރައީސް މުހައްމަދު ނަޝީދު

އެކި މީހުން ރަނގަޅާ ނުބައި ދެކޭނީ އެކި ގޮތަށް: ނަޝީދު

ރަނގަޅާ ނުބައި އެކި މީހުން ދެކޭނީ އެކި ގޮތަށް ކަމަށާ އެކި މީހުން ދެކޭ ގޮތުގަައި ޚިޔާލު ތަފާތުވުން ހުރި ނަމަވެސް އެކުގައި އުޅެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ މިރޭ ވާހަކަފުޅު ދައްކަަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހި މި މުޖްތަމައުގެ ތެރޭގައި ވެސް އެކަކު އަނެކަކަށް އަނިޔާވެރި ވުމުގެ ވާހަކަތައް ދައްކަމުންދާ ކަމަށާ ވަކިވަކި މީހުން ދެއްކުމަށްފަހު އެއީ ގޯސް މީހެއް ކަމަށް ބުނެ އޭނާއަށް ހަދަން ޖެހޭ ގޮތް ކިޔައި ދެމުންދާ ކަމަށެވެ. ރަނގަޅާ ނުބައި އެކި މީހުން ދެކޭނީ އެކި ގޮތަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ޚިޔާލު ތަފާތުވުން ހުރި ނަމަވެސް އެކުގައި އުޅެވެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް ވަރަށް އަނިޔާވެރި ވާހަކަ ދައްކާން ފަށައިފި. އޭނާ އެއީ ގޯސް މީހަކަށްވާތީ އޭނާއަށް ހަދަން ޖެހޭ ގޮތަކީ މިއީ އޭ! އެކަމަކު އޭނާ ހަގީގަތުގައި ދެކެ ހުރީ އޭނާ އެއީ ރަނގަޅު މީހެއް ކަމަށް. އަދި އެތައް ކިތަންމެ މީހެއްވެސް އެބަދެކޭ އޭނާ އެއީ ރަނގަޅު މީހެއް ކަމަށް. އަޅުގަނޑު ތި ކުދިން ކައިރީގައި ދަންނަވާލަން އޮތީ ޚިޔާލު ތަފާތުވާނެ އޭ. ރަނގަޅާ ނުބައިވެސް އެކި މީހުން އެކި ގޮތަށް ދެކޭނޭ. އެހެން ނަމަވެސް އެ ޚިޔާލު ތަފާތުވުންތަކާއެކު އެކުގައި އުޅެވެންޖެހޭނެ އޭ. އަޅުގަނޑުމެން އެންމެނަށް އެކެއްގެ ޚިޔާލު އެއީ ހަޖަމު ނުކުރެވޭ ޚިޔާލަކަށްވެ، އެއާއެކު ނޫޅެވޭ ތަނަށް ދިޔާމަ އެއީ ޚިޔާލު ތަފާތުވުމުގެ ސަބަބުން ހަމަނުޖެހުން އުފެދޭ ހިސާބު. އެއީ އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މުޖްތަމައުގައި ހަމަޖެނުޖެހުމެއް އުފެދުމުގެ ފުުރުސަތު އެއްވެސް މީހަކު ދީގެން ނުވާނެ ކަމަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް ވަރަށް އަނިޔާވެރި ވާހަކަ ދައްކާން ފަށައިފި. އޭނާ އެއީ ގޯސް މީހަކަށްވާތީ އޭނާއަށް ހަދަން ޖެހޭ ގޮތަކީ މިއީ އޭ. އެކަމު އޭނާ ހަގީގަތުގައި ދެކުހުރީ އޭނާ އެއީ ރަނގަޅު މީހެއް ކަމަށް. އަދި އެތައް ކިތަންމެ މީހެއްވެސް އެބަދެކޭ އޭނާ އެއީ ރަނގަޅު މީހެއް ކަމަށް. އަޅުގަނޑު ތި ކުދިން ކައިރީގައި ދަންނަވާލަން އޮތީ ޚިޔާލު ތަފާތުވާނެ އޭ. ރަނގަޅާ ނުބައިވެސް އެކި މީހުން އެކި ގޮތަށް ދެކޭނޭ. އެހެން ނަމަވެސް އެ ޚިޔާލު ތަފާތުވުންތަކާއެކު އެކުގައި އުޅެވެންޖެހޭނެ އޭ. އަޅުގަނޑުމެން އެންމެނަށް އެކެއްގެ ޚިޔާލު އެއީ ހަޖަމު ނުކުރެވޭ ޚިޔާލަކަށްވެ، އެއާއެކު ނޫޅެވޭ ތަނަށް ދިޔާމަ އެއީ ޚިޔާލު ތަފާތުވުމުގެ ސަބަބުން ހަމަނުޖެހުން އުފެދޭ ހިސާބު. އެއީ އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބެއް ނޫން
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

މީގެ އިތުރުން މުޖްތަމައުގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތައް ހަމަނުޖެހުންތަކަށް ބަދަލުވެ، ބައެއް ގައުމުތައް ހަލާކުވެ ދިޔަ މަންޒަރު ދާދި ކައިރި މާޒީއަކުން ފެންނަން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން ކުރިން ރީތިކޮށް ފެނުނު ގައުމުތައް މިހާރު ފެންނަމުން ދަނީ "ބަޑިވަޅު" ތަކުން ފުރި، ބިކަ ހާލުގައި ޖެހިފައިވާ ރައްޔިތުންތަކެއް އުޅޭ ގައުމުތަކެއްގެ ގޮތުގަައި ކަމަށް ވިދާޅުވި އެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑު ދަންނަވާނީ ހިތަށް ނާރުވައްޗޭ އެ މަންޒަރު މި މާލޭން ވެސް ނުފެނިދާނެ ކަމަށް. ވަރަށް ބުއްދިވެރި ކަމާއެކީގައި ވަރަށް ވިސްނުން ތެރިިކަމާ އެކީގައި އަޅުގަނޑުމެންގެ ކަންކަން ނުގެންގޮސްފިނަމަ، އަޅުގަނޑަށް ފެންނަ ފެނުމުގައި ޚަރާބުގެ އައްސޭރިއަށް، ތި ބޭފުޅުންގެ ޖީލު. ތި ކުދިންގެ ޖީލު ގޮސްދާނެ. އަޅުގަނޑުގެ މަސްއޫލިއްޔަތެއް، އަޅުގަނޑުގެ ޒިންމާއެއް ސަލާމަތުގެ އައްސޭރިއަކަށް މި ގައުމު ގެންގޮސް ދިނުމަކީ."

ރައީސް ނަޝީދު ވިދާޅުވީ ދިވެހިން ތިބީ ހަތަރު އަގޮޅިއެއްގައި ކަމަށާ މުސްތަގްބަލު އޮންނާނީ ކިހިނެތްތޯ ނިންމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ.

"ތި ބޭފުޅުން ތި ދެކޭ ރަނގަޅުގައި އުޅެވިދާނެތޯ؟ އެއީ ގޯހަށް މާދަމާ ބަދަލުވެ ހިނގައިދާނެތޯ؟ އެ ގޯހާ ޖަލަދު ކުރާން އެތައް ބަޔަކު ނުކުންނާނެ. އަދި އެ ރަނގަޅު ބުނެދޭން ވެސް އެތައް ބަޔަކު ނުކުންނާނެ. އަޅުގަނޑުގެ އިލްތިމާސަކީ އެ ޚިޔާލުތަފާތުވުމުގައި ހުރިހާ ކުދިންވެސް އުޅެއްޗޭ. އެކަކު އެއީ މާ މޮޅު މީހަކަށްވެ އޭނާއަށް މާ ބޮޑު އެއްޗެއް އިނގި، ތިމަންނާ މި ހުރީ ގޯހުގައި ކަމަށް އެއްވެސް ކުއްޖަކު ނުދެކެއްޗޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.