ހަބަރު

އަރުޝީފްގެ ޑީޖީ ކަމަށް ފަރެސް އާމިރު

Oct 13, 2019

ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް، ގދ. ފަރެސްމާތޮޑާ، ހުސްނުހީނާގޭ، މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު އައްޔަނު ކުރައްވައިފި އެވެ.

ޤައުމީ އަރުޝީފުގެ ޑިރެޓާ ޖެނެރަލްގެ މަޤާމަށް އާމިރު އައްޔަންކުރައްވާފައި މިވަނީ ދިވެހި ރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ހަތް ވަނަ މާއްދާގެ (ށ) އިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ޢައްޔަން ކުރެއްވި އާމިރަކީ ދިވެހިބަހުގެ ބެޗްލާސް ޑިގްރީ ޙާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެއިތުރުން ޢާމިރަކީ މީޑިޔާ އަދި ލިޔުންތެރިކަމުގެ ދާއިރާއާއި ތަޢުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޢާމިރު އެންމެފަހުން އަދާކުރައްވާފައި ވަނީ ސަންމީޑިޔާ ގްރޫޕުގެ ޑިރެކްޓަ އެޑްމިން އެންޑް އެޗްއާރުގެ މަޤާމެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭރުގެ އެންވަޔަރަންމެންޓް މިނިސްޓްރީގައި ވެސް އޭނާ ހުންނެވި އެވެ.

އާމިރު އައްޔަން ކުރެއްވި މަގާމުގައި ހުންނެވީ ފަހުގެވ ތާރީހެއްގައި ރާއްޖޭގައި އުފެދުނު ތާރީހު އިލްމުވެރިއެއް ކަމަށްވާ މުހައްމަދު ޝާތިރެވެ. އޭނާ މިހާރު ހުންނެވީ ސައިންސް މިނިސްްޓްރީގަ އެވެ.