ހުޅުމާލެ

ލޯނަކަށް ފައިސާ ނުދައިިގެން 66.5 މިލިއަން ރުފިޔާ ހޯދަން ބިން ތަކެއް ވިއްކާލަނީ

Oct 13, 2019
3

މޮރީޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން 66.5 މިލިއަން ރުފިޔާ ހޯދަން، ރަހުނުކޮށްފައި ހުރި ހުޅުމާލޭގެ ބިން ތަކެއް ވިއްކާލަން އިއުލާނު ކޮށްފި އެވެ.

ފަސް ބިމަށް އެމްސީބީން ލޯނު ނަގާފައިވަނީ އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނިން ވަނީ 2012 ވަނަ އަހަރު 3.5 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއްގެ އިތުރުން، 2013 ގައި 600،000 ޑޮލަރުގެ ފެސިލިޓީ އެއްބަސްވުމެއްގެ ދަށުން 150،000 ޑޮލަރު ހޯދާފަ އެވެ.

މި ފައިސާ ދައްކާފައިނުވާތީ އެމްސީބީން ވަނީ މައްސަލަ ސިވިލް ކޯޓަށް ލާފަ އެވެ. ކޯޓުން ވަނީ ޖޫން 30، 2015 އިގެ ނިޔަލަށް 4.32 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 66.5 މިލިއަން ރުފިޔާ) ތިން މަސް ތެރޭގައި ދައްކާ ހަލާސް ކުރަން އަންގާފަ އެވެ.

އެމްސީބީ އިން ބުނެފައިވާ ގޮތުގައި ފައިސާ ނުދައްކާތީ ރަހުނުގައި ހުރި ހުޅުމާލޭގެ ބިންތައް ވިއްކާލުމުގެ ހައްގު އެ ބޭންކް އަށް ލިބިފައިވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ. އެ ބޭންކުން ބުނެފައިވާ ގޮތުގައި މި ބިންތައް ގަންނަން ބިޑު ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.