ހަބަރު

އެންމެ ފުރަތަމަ އިސްލާމިކް ޓުއަރިޒްމް ކޮންފަރެސް މިމަހު ބާއްވަނީ

Oct 13, 2019

ރާއްޖޭގައި އެންމެ ފުރަތަމަ ބާއްވާ އިސްލާމިކް ޓުއަރިޒްމާ ބެހޭ ކޮންފަރެންސް، އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގައި އަންނަ ހަފުތާ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މި ކޮންފަރެންސްއަކީ މަހަލްދީބް ފައުންޑޭޝަންގެ "ޕްލެޓްފޯމް ފޯ އިންޖިނިއުޓީ އެންޑް އެންލައިޓަންމަންޓް (ޕައި)" އަދި އައިޔޫއެމްގެ ދަރިވަރުންގެ ޖަމްއިއްޔާ ގުޅިގެން އިންތިޒާމް ކުރާ ކޮންފަރެންސެކެވެ.

'އެންގޭޖް ދަ އަންޓެޕްޑް' މި ނަމުގައި ބާއްވާ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ. މި ކޮންފެރަންސްގައި އިސްލާމިކް ޓުއަރިޒްމާ ބެހޭގޮތުން ކަމުގެ މާހިރުން ވާހަކަ ދައްކަވާނެއެވެ. އަދި ރާއްޖެފަދަ އިސްލާމީ ގައުމަކަށް އިސްލާމިކް ޓުވަރިޒްމް ތައާރަފްކޮށް، ފުޅާކުރުމަށް ކުރެވޭނެ ކަންކަމާއި މީގެ އިތުރު މައުލޫތަކަށްވެސް ވާހަކަ ދައްކާނެ އެވެ.

'ޕައި' އިން މައުލޫމާތު ދޭ ގޮތުގައި މި ކޮންފަރެންސް، ޓުވަރިޒްމްގެ ދާއިރާގެ ބޭފުޅުންނަށާއި ދަރިވަރުންނަށާއި އިސްލާމީ އުސޫލުން ޓުވަރިޒްމްގެ ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަވާނެ އެވެ. މިހާރު ވަނީ މި ކޮންފަރެންސްގެ ރަޖިސްޓްރޭޝަން ހުޅުވާލާފައެވެ.

އިސްލާމިކް ޓުއަރިޒްމަކީ ދުނިޔޭގައި ވަރަށް ފުޅާ ދާއިރާ އެއްގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ. އަންނަ އަަަހަރު 220 ބިލިއަން ޑޮލަރުގެ ފައިދާއެއް މި ދާއިރާއަށް ލިބޭނެ ކަމަށް އަންދާޒާ ކުރާއިރު 2026 ގައި ފައިދާ 300 ބިލިއިން ޑޮލަރަށް އިތުރު ވާނެކަމަށް އަންދާޒާ ކުރެވެއެވެ. ދުނިޔޭގައި ވަރަށް ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ކުރިއަރަމުން ދިޔަނަމަވެސް އިސްލާމިކް ޓުއަރިޒްމަކީ ރާއްޖޭގައި އަދި ރަސްމީކޮށް ފެށީފައިވާ ދާއިރާއެއް ނޫނެވެ.

ތިރީގައި މިވާ ގޫގުލް ފޯމް ފުރިހަމަ ކޮށްގެން މި ކޮންފަރެންސްގައި ބައިވެރިވެވޭނެއެވެ.
https://forms.gle/6rRnY9cw6nbEmHNW8 އިތުރު މައުލޫމާތު ބޭނުންނަމަ 9850133 ގުޅާށެވެ.