ރައްޔިތުންގެ މަޖިލިސް

އޯއައިސީގެ ސަފީރަކަށް ހަލީލް ހަމަޖައްސަނީ

އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ދިވެހި ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް މުހައްމަދު ހަލީލް ހަމަޖައްސަން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މުހައްމަދު ހަލީލް އެ މަގާމަށް ހަމަޖެއްސުމަށް ނިންމާ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

ހަލީލަކީ ސައުދީ އަރަބިއްޔާއަށް ދިވެހި ރާއްޖެއިން ކަނޑައަޅާފައިވާ ހުންނަވާ ސަފީރެވެ. ހަލީލު ސައުދީ ސަފީރު ކަމަށް ހަމަޖައްސާފައިވަނީ ޖޫން މަހުގެ ތެރޭގައެވެ.

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އޯއައިސީ އަށް ދިވެހި ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް މުހައްމަދު ހަލީލް ހަމަޖައްސަން ރައީސް ފޮނުއްވާފައިވާ މައްސަލަ އެޖެންޑާކޮށްފައެވެ.