ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮވިޑް-19 އަށް ކުރި ހޭދަ 800 މިލިއަން ރުފިޔާއަށްވުރެ މައްޗަށް!

May 12, 2020
3

ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ދައުލަތުން ކުރަމުންދާ ހޭދަ 800 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ "ކޮވިޑް ވީކްލީ ސްޕެންޑިން" ރިޕޯޓުގައިވާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ފަރުމާ ކުރުމާއި ތަކެތި ގަންނަން އަދި މީހުން ކަރަންޓީން ކުރުން ފަދަ ކަންކަމަށް ޖުމްލަ 814.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މި އަދަދަކީ މި ހިސާބުތައް އާއްމުކުރި މިދިޔަ ހަފުތާއާ އަޅާ ބަލާއިރު 200 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި ހަފުތާގެ ރިޕޯޓުގައިވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓް މެނޭޖުމަންޓް ސެންޓަރަށެވެ. މި ސެންޓަރުގެ މަސައްކަތް ތަކަށް 525.4 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތް މިނިސްޓްރީ އަށެވެ. އެ މިނިސްޓްރީން 135.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އެންމެ ބޮޑު ހޭދައެއް ކުރަމުން ދަނީ މި ބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެތި ހޯދުމަށެވެ. ތަކެތި ހޯދަން މިހާތަނަށް 389.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ސަރުކާރުން ވަނީ އެކި ދާއިރާތަކަށް ކުރާ ހޭދަ ކުޑަ ކުރުމަށްފަހު ކޮވިޑް-19 ގެ ބަލި ކޮންޓްރޯލް ކުރަން ބޮޑު ހޭދައެއް ކުރަން ފަށާފަ އެވެ. މިބަލި ކޮންޓްރޯލް ނުވެ ލަސްވާނަމަ މި ހަރަދު ބިލިއަން ރުފިޔާއަކަށްވުރެ މަތިވެދާނެ ކަމަށް ފިނޭންސް މިނިސްޓްރޯން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެހެންވެ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ވަނީ މަރުކަޒީ ބޭންކުން ހަތަރު ބިލިއަން ރުފިޔާގެ އޯވަޑްރާފްޓެއް ވެސް ނަގާ ތައްޔާރުކޮށްފަ އެވެ.