ހަބަރު

ވަގު ޕާސްޕޯޓެއްގައި އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި

Oct 14, 2019

ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހިފަހައްޓާފައިވާކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ވެލާނާ އެއާޕޯޓުން ހިފަހައްޓާފައިވަނީ 30 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. ނަމަވެސް، އިތުރު މައުލޫމާތެއް ދީފައެއްނުވެ އެވެ.

އިއްޔެ ވެސް ޕާސްޕޯޓުގެ ބައެއް ނަކަލުކޮށް، ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކާއި، އެކަމުގައި އޭނާއަށް އެހީތެރިވި މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފަހަކަށް އައިސް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ގިނަ އަދަދެއްގެ މީހުން އެކި ފަހަރު މަތީން އިމިގްރޭޝަނުން ވަނީ ހުއްޓުވާފަ އެވެ.

ސަރުކާރުން ގެންދަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ބޮޑެތި ފިޔަވަޅުތައް އަޅަމުންނެވެ.

Nakalu koffaivaa (counterfeit) passporteh beynun koggen Velana International Airport in Raajje etherevumah masakkaiykuri 30 aharuge bidheysee firiheneh Maldives Immigration in huttuvaifi.