ޕްރިޔަންކާ ޗޯޕްޅާ އާއި ފަރްހާން އަޚްތަރުގެ "ދަ ސްކައި އިޒް ޕިންކް" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. އިންޓަނޭޝަނަލް މާކެޓްތަކުގަ އާއި އިންޑިޔާގައި ވެސް ވަރަށް ގަދަޔަށް މި ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފިލްމު އުފެއްދި ފަރާތުން ކުރީ ފިލްމު ކާމިޔާބުވާނެ ކަމުގެ އުންމީދު އޮތްލެއް ބޮޑު ކަމުންނެވެ.
ގިނަ ބަޔަކު ހީކުރީ ޕްރިޔަންކާ ޕްރޮޑިއުސް ކޮށްފައިވާ "ދަ ސްކައި އިޒް ޕިންކް" ބޮކްސް އޮފީހަށް ތޫފާނެއް ގެންނާނެ ކަމަށެވެ. ނަމަވެސް ފިލްމު ރިލީޒް ކޮށްގެން ދެ ދުވަސް ފާއިތުވީއިރު ބެލުންތެރިން ފިލްމަށް ދީފައިވަނީ ފިނި ތަރުހީބެކެވެ.
މި ފިލްމަށް ކްރިޓިކްސް ވަރަށް ތައުރީފު ކޮށްފައި ވެއެވެ. ފިލްމުގެ ހުރިހާ ރިވިއުތަކެއްގައި ވެސް ހުރީ ފިލްމުގެ މޮޅު ވާހަކަ އެވެ. ނަމަވެސް ބެލުންތެރިންގެ ސަމާލުކަމެއް ފިލްމަށް ނުލިބުނެވެ.
ޝޮނާލީ ބޯސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ފުރަތަމަ ދުވަހު ލިބުނީ އެންމެ 2.5 ކްރޯޑެވެ. ދެ ވަނަ ދުވަހު ހަތަރު ކްރޯޑެވެ. މި ފިލްމާ އަދިވެސް އެންމެ ބޮޑަށް ވާދަކުރަނީ މީގެ 10 ވަރަކަށް ދުވަސް ކުރިން ރިލީޒްކުރި ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވޯ" އެވެ.
"ވޯ" އަށް މިހާތަނަށް 250 ކްރޯޑަށް ވުރެ ގިނައިން ލިބިފައިވާއިރު ޔަގީނުން ވެސް 300 ކްރޯޑަށް ވުރެ މައްޗަށް ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.