ހަބަރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މާހިރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ފާދިއްޕޮޅު ހިންނަވަރު، ހިޔާވަހި މުހައްމަދު މާހިރު އީސާ މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިނިސްޓަރު އޮފް ސްޓޭޓް ފޮ ހޯމްއެފެއާޒްގެ މަގާމަށް މުހައްމަދު މާހިރު އައްޔަން ކުރައްވާ އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވާ ކަމަށެވެ.

މާހިރު ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ހޯމް މިނިސްޓްރީގައި މަސައްކަތް ކުރައްވާފައެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާ ހަމައަށް މާހިރު ހުންނެވީ އެ މިނިސްޓްރީގެ ނާއިބެއްގެ ގޮތުގައެވެ.

މީގެ އިތުރުން ފާދިއްޕޮޅު އަތޮޅު ކައުންސިލަރުގެ މަގާމު ވެސް މާހިރު ވަނީ ފުުރުއްވާފައެވެ. މާހިރަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގައި ހަރަކާތްތެރިވަމުންދާ ބޭފުޅެކެވެ.