ހަބަރު

ވެލައަކަށް އަނިޔާ ދިން މައްސަލައެއް ބަލަނީ

ވަލަކުން ބަނދެފައި އޮތް ވެލައެއް ސަލާމަތް ކޮށް، އެ މައްސަލާގައި ޒިންމާވާ ފަރާތްތަށް ހޯދަން ތަހުގީގެއް ފަށާފައިވާ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓްރީން ބުނެފި އެވެ.

ރ. އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ ގާއުނޑޫދޫ ގައި ބަނދެފައި އޮތް ވެލައެއް ތިމާވެށީގެ ދިރާސާތަކެއް ކުރަން އެރަށަށް ގޮސް އުޅުނު މިނިސްޓްރީ އާއި އީޕީއޭގެ ޓީމަކަށް ފެނިގެން ވަނީ އެ ވެލާ ސަލާމަތްކޮށް، ކަނޑަށް ދޫކޮށްލާފަ އެވެ.

މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ވިދާޅުވީ ގާއުނޑޫދޫ ވަލުތެރޭގައި އުއްޑުން ޖަހައި ބަނދެފައި އޮތް އެ ވެލާ ފެނުނީ މިއަދުގެ ހެނދުނު ކަމަށެވެ.

ފިޔަގަނޑުގައި ވަލެއް ޖަހައި ގަހަކާއެކު ބަނދެފައި އޮތީ ކޮންމެވެސް ވަގުތެއްގައި އެ ވެލާ ފަޅާލަން ކަމަށް ބެލެވޭ ކަމަށާއި، ލަފާކުރެވޭ ގޮތުގައި އެ ވެލައަކީ ރޭގެ ފަތިހުގެ ވަގުތެއްގައި ބިސް އަޅަން އެ ރަށަށް އެރި ވެލައެއް ކަމަށް މީމުޒަވިޔަނި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ ގާނޫނީ ކުށަކަށްވާތީ އެ މައްސަލަ ބަލައި އެކަމުގައި ބައިވެރިވި ބަޔަކު ހޯދާ ފިޔަވަޅު އަޅާނެ ކަމަށެވެ.