ރައްޔިތުންނަށް ޝަރަފުވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް މާލެ ނޫން ގޮތެއް ހޯދަން ޖެހިފައިވާ ކަމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ވެސް އަދި އަތޮޅުތެރޭގެ ރައްޔިތުންނަށް ވެސް ޝަރަފުވެރި ދިރިއުޅުމެއް ލިބެން އޮތީ ރާއްޖޭގެ އެކި ކަންކޮޅުތައް ތަރައްގީ ކުރެވިގެން ކަމަށެވެ. އަތޮޅުތެރޭގެ ރައްޔިތުން މިއަދު މާލޭގައި ދިރިއުޅެމުން ދަނީ މަޖުބޫރު ވެގެން ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.
ވިސާމް ވިދާޅުވީ ހުޅުމާލެ ފެންވަރަށް ލ. ގަން ތަރައްގީ ކުރުމުގެ މަޝްރޫއެއް ރައީސް މައުމޫންގެ ދުވަސްވަރު ފެއްޓެވި ކަމަށެވެ. "ސެލެކްޓެޑް އައިލެންޑް" ނަމުގައި ފެއްޓެވި އެ މަޝްރޫއުގެ ދަށުން 512 ގޯތި މާލޭގެ ރަށްވެހިންނަށް ދޫކޮށްފައިވާ ކަމަށާ ނަމަވެސް މިއަދުވެސް އެ ގޯތިތައް ހުރީ ވަށާފާރު ވެސް ރާނާ ނުލެވި ދޫކޮށްލާފައި ކަމަށެވެ. ވިސާމް ވިދާޅުވީ 4000 އަކަފޫޓްގެ ބޮޑު އެ ގޯތިތައް އެގޮތަށް ދޫކޮށްފައި ހުރުމުން މިއަދު ގަމުގެ ރައްޔިތުންނަށް ވެސް ގޯތި ދޫކުރާނެ ބިން ނެތްކަމަށެވެ.
މިފަދަ ސަބަބުތަކާހުރެ ވެސް މާލެއަށް ދިރިއުޅުން ބަދަލު ކުރަންޖެހިފައި ތިބި މީހުން އެބަތިބި ކަމަށް ވިސާމް ވިދާޅުވިއެވެ.
"މާލޭގެ ރައްޔިތުންނަށް ޝަރަފުވެރިކަމާއެކު ދިރިއުޅެވެން އަންނަނީ އަތޮޅުތައް ތަރައްގީ ކުރެވިގެން. އަޅުގަނޑުމެން މިއަދު ވިސްނާލަން ޖެހޭ މާލޭގައި އަތޮޅުތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެން ޖެހިފައިވަނީ ކީއްވެގެންތޯ؟ އަޅުގަނޑު މި ވާހަކަ ދައްކަނީ ރައީސް މައުމޫން ވެރިކަމުގައި 'ސެލެކްޓެޑް އައިލެންޑް' ގެ ނަމުގައި އޭރު ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްގައި ގަމުގައި 512 ގޯތި މިހާރުވެސް އޮތީމަ، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައި ވަނީ. އެހެން ނަމަވެސް އިމާރާތް ނުކުރެވި ގިނަ ދުވަސްވެގެން ދާއިރު، ގަމުގެ ރައްޔިތުންނަށް ވެސް ގަމަކުން ގޯއްޗެއް ނުލިބޭ. އަޅުގަނޑުމެން އެބަ ސުވާލު ކުރަން މާލޭއަށް ނިސްބަތްވާ އެ ރައްޔިތުން ކައިރީގައި ވެސް ގަމުގައި އެ ބޭފުޅުންނަށް ދޫކޮށްފައިވާ ގެތަކުގައި އިމާރާތް ނުކުރަނީ ކީއްވެގެންތޯއޭ؟ އެ އަތުލެވޭނެ ގޮތެއްވެސް ނޯވޭ!" ވިސާމް ވިދާޅުވި އެވެ.
ވިސާމް ވިދާޅުވީ ގަމުން ދޫކޮށްފައިވާ 512 ގޯތި އިމާރާތް ނުކުރާނަމަ އަވަހަށް ދޫކޮށްލުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މިހާރު މަޖިލީހަށް ހުށައެޅިފައިވާ ގެދޮރު ނެތް ފަރާތްތަކަށާ އަލަށް ޖަވާޒީ ހަޔާތެއް ފަށާ ދިވެހި ރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގައެއް އޮތް ރަށްރަށުން ގޯތި ދޫކުރުމާއި ގުޅޭގޮތުން މަޖިލީހަށް ހުށައެޅިފައިވާ ގަރާރުގެ މަސައްކަތް ކޮމެޓީ މަރުހަލާގައި ކުރިއަށްދާއިރު އެ ގޮތަށް ދޫކުރެވިފައިވާ ގޯތިތައް ވަކިކުރެވޭނެ އުސޫލެއް ހަމަޖެއްސުމަކީ ވެސް މުހިންމު ކަމެއް ކަމަށް ވިސާމް ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ޝަރަފުވެރިކަމާއެކު ދިރިއުޅެވެން އަންނަނީ އަތޮޅުތައް ތަރައްގީ ކުރެވިގެން. އަޅުގަނޑުމެން މިއަދު ވިސްނާލަން ޖެހޭ މާލޭގައި އަތޮޅުތެރޭގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެން ޖެހިފައިވަނީ ކީއްވެގެންތޯ؟ އަޅުގަނޑު މި ވާހަކަ ދައްކަނީ ރައީސް މައުމޫން ވެރިކަމުގައި 'ސެލެކްޓެޑް އައިލެންޑް' ގެ ނަމުގައި އޭރު ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްގައި ހައްދުއްމަތީ ގަމުގައި 512 ގޯތި މިހާރުވެސް އޮތީމަ، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައި ވަނީ! އެހެން ނަމަވެސް އިމާރާތް ނުކުރެވި ގިނަ ދުވަސްވެގެން ދާއިރު، ގަމުގެ ރައްޔިތުންނަށްވެސް ގަމަކުން ގޯއްޗެއް ނުލިބޭ. އަޅުގަނޑުމެން އެބަ ސުވާލު ކުރަން މާލޭއަށް ނިސްބަތްވާ އެ ރައްޔިތުން ކައިރީގައި ވެސް ގަމުގައި އެ ބޭފުޅުންނަށް ދޫކޮށްފައިވާ ގެތަކުގައި އިމާރާތް ނުކުރަނީ ކީއްވެގެންތޯއޭ؟ އެ އަތުލެވޭނެ ގޮތެއްވެސް ނޯވޭ!މުހައްމަދު ވިސާމް | ގަމު ދާއިރާގެ މެންބަރު
ވިސާމް ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައިވާ ކަމަށެވެ. އެއީ މާލޭގެ ތޮއްޖެހުން ކުޑަކޮށް މާލޭގެ ރައްޔިތުންނަށް ވެސް އަދި އަތޮޅުތަކުގެ ތެރޭގެ ރައްޔިތުންނަށް ވެސް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދެވޭނެ ހަމައެކަނި ގޮތް ކަމަށް ވިސާމް ވިދާޅުވި އެވެ.
އަދި ގަމަކީ ބިން ބޮޑު ރަށައްވީއިރު، އެ ރަށައް ހިޖުރަ ކުރަން ބޭނުންވާ ރައްޔިތުންނަށް ޚާއްސަ ޕްރަގްރާމެއް ފެއްޓެވުމަށް ވެސް ވިސާމް ގޮވާލެއްވި އެވެ.
ވިސާމް ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުން މާލެ އަންނަން މަޖުބޫރު ކުރުވާ ކަންކަމަށް ނިމުން ގެންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ މާލޭގެ ޝަފަރުވެރި ރަށްވެހިންނަށް ހައްގު މިންވަރު ހޯދައިދޭން ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްދޭން. އެހެން ނަމަވެސް މާލޭގެ މި ތޮއްޖެހުން އިތުރުވެ، އަތޮޅުތަކުގެ ރައްޔިތުން މާލޭ އަންނަން މަޖުބޫރު ކުރުވާ ކަންކަމަށް ނިމުމެއް ގެނެސްގެން ނޫނީ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ގޮތެއްނެތް،" ވިސާމް ވިދާޅުވިއެވެ.
އަޅުގަނޑުމެން މިތިބީ މާލޭގެ ޝަފަރުވެރި ރަށްވެހިންނަށް ހައްގު މިންވަރު ހޯދައިދޭން ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްދޭން. އެހެން ނަމަވެސް މާލޭގެ މި ތޮއްޖެހުން އިތުރުވެ، އަތޮޅުތަކުގެ ރައްޔިތުން މާލޭ އަންނަން މަޖުބޫރު ކުރުވާ ކަންކަމަށް ނިމުމެއް ގެނެސްގެން ނޫނީ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ގޮތެއްނެތްމުހައްމަދު ވިސާމް | ގަމު ދާއިރާގެ މެންބަރު
ވިސާމް ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރަނގަޅު ބޯހިޔާވަހިިކަމާ، ރަނގަޅު ތައުލީމީ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޝަރަފުވެރި ދިރުއުޅުމެއް ހޯދައި ދިނުމަށް ހުރިހާ މެންބަރުން ވެސް ގަދައަޅާ މަސައްކަތް ކުރުމަށް ވެސް އޭނާ ގޮވާލައްވާފައެވެ.