ގާސިމް އިބްރާހިމް

ގާސިމްގެ ލީގަލް އެޑްވައިޒަރަކަށް ވައްޑޭ

ޖޭޕީފެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ލީގަލް އެޑްވައިޒަރަށް ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ހަމަޖައްސަވައިފި އެވެ.

މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ވައްޑޭ ވަލީގަލް އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖައްސަން ޕާޓީގެ ކައުންސިލުން ފުރުސަތު ދީފައިވާ ކަމަށެވެ. އެ ފުރުސަތުގެ ދަށުން އެ މަގާމަށް ކުރީގެ މަޖިލިސް މެންބަރު ވައްޑޭ ހައްމަޖެއްސީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ވައްޑޭ ޖޭޕީއަށް ސޮއިކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭގަ އެވެ.

ގާސިމްގެ ލީގަލް އެޑްވައިޒަރަށް ވައްޑޭ ހަމަޖައްސާފައިވާއިރު ގާސިމްގެ މިހާރުވެސް ގިނަ އެޑްވައިޒަރުންތަކެއް ތިއްބަވައެވެ. އޭގެ ތެރޭގައި ދަގެނތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ކުރީގެ މެންބަރު އިލްހާމް އަހުމަދު ހިމެނިވަޑައިގަންނަވަ އެވެ. ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ފެންކުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްވެސް ކުރިން ވަނީ އެ މަގާމަށް ހަމަޖައްސަވާފަ އެވެ.

އޭގެ ތެރެއިން ގާސިމްގެ އަރިހުގައި ހުންނަވާތީ ފަހަކަށް އައިސް މުޅިން ވެސް ފެންނަނީ އިލްހާމް އަހުމަދު އެކަންޏެވެ.