ހަބަރު

ފެންގަނޑަށް ވެއްޓުނު ކުއްޖާ އިތުރު ފަރުވާއަށް އިންޑިއާއަށް

Oct 16, 2019

ލ. ގަމުގެ ގެއެއްގައި ހަދާފައިވާ މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ ކުއްޖާ، އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފި އެވެ.

އުމުރުން ދެ އަހަރުގެ ފިރިހެން ކުއްޖާ ފެންގަނޑަށް ވެއްޓި ހާލު ސީރިއަސްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގަ އެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުދާ ދިނުމަށްފަހު، ހާލު އިތުރަށް ގޯސްވެގެން އެ ރޭ މާލެއަށް ގެނެސް ފަރުވާ ދޭން ފެށި އެވެ.

ކުއްޖާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔަ އިރުވެސް ހޭނާރައެވެ. ނަމަވެސް އެ ކުއްޖާ މަޑު މަޑުން ހަރަކާތް ކުރާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެ ކުއްޖާ ވެއްޓުނު ފެންގަނޑަކީ އެޅިގަލުން ރަނާފައިވާ މަސް ފެންގަނޑެކެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާ ފެންގަނޑުގައި އޮއްވައި ފެނުނީ އޭނާ ނުފެނިގެން ހޯދަމުންދާތާ ގަޑިއެއްހާއިރު ފަހުންނެވެ.