ލައިފްސްޓައިލް

ލޮލަށް ނުފެނުނަސް ހިތްވަރުގަދަ އައިއޭއެސް އޮފިސަރު

"ދުވަހަކުވެސް ބަލި ގަބޫލު ނުކުރާށެވެ! ދުވަހަކުވެސް ގޮތް ދޫނުކުރާށެވެ!" މިއީ ލޮލުގެ ފެނުމުން މަހްރޫމްވެފައި ޕްރަންޖަލް ޕާޓިލްގެ މޮޓޯ އެވެ. އޭނާއަކީ އިންޑިއާގެ ލޮލަށް ނުފެންނަ ފުރަތަމަ އައިއޭއެސް އޮފިސަރެވެ. ހޯމަ ދުވަހުން ފެށިގެން ޕާޓިލް އަކީ ތުރިވަނަންތަޕޫރަމްގެ ސަބް ކަލެކްޓަގެ މަގާމު ފުރާ މީހާ އެވެ.

މަގާމާ ހަވާލު ވުމަށްފަހު ޕާޓިލް، 30، އިންޑީއާގެ މީޑިއާ އާ ވާހަކަ ދައްކަމުން ބުނީ ކޮންމެ ފަދަ އުނި ކަމެއް ހުރި ނަމަވެސް ހިތްވަރާއެކު މަސައްކަތްކޮށްފި ނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރެވިދާނެ ކަމަށެވެ. އަދި ގޮތް ދޫ ނުކޮށް ހިތްވަރު ލައިފިނަމަ މަންޒިލަށް ދާނެ މަގު ފެންނާނެ ކަމަށެވެ.

ޕ ޕާޓިލްގެ ލޮލުގެ ފެނުން ގެއްލުނީ އުމުރުން އެންމެ ހަ އަހަރުގަ އެވެ. ނަމަވެސް މިއީ ތައުލީމު އުނގެނެން އޭނާ ކުރާ މަސައްކަތް ހުއްޓާލަން ޖެހުނު ސަބަބަކަށް އޭނާ ނުހެދި އެވެ. ކިޔަވަމުން ގޮސް ޔުނިއަން ޕަބްލިކް ސާވިސް ކޮމިޝަން (ޔޫޕީއެސްސީ) އިމްތިހާނުގައި އޭނާ 2016 ގައި ބައިވެރިވި އެވެ. އެ ފަހަރު އޭނާ ފާސްވީ 773 ވަނަ އަށެވެ.

އަނެއްކާވެސް ހިތްވަރުކޮށްފައި ކިޔަވައިގެން އޭގެ އަނެއް އަހަރު ހަމަ އެ އިމްތިހާނު ހެދި އެވެ. އެ ފަހަރު އޭނާއަށް 124 ވަނަ ރޭންކްގައި ފާސްވި އެވެ.

ތަމްރީނުވި ދުވަސްތަކުގައި އެރްނަކުލަމްގެ ޑީސްޓްރިކްޓް ކަލެކްޓާގެ މަގާމު ޕާޓިލް ފުރާފައި ވެއެވެ.