ހަބަރު

ލާމުގެ ތިން ކޯޒްވޭގެ ޑިޒައިން ހަދަން ހަވާލުކޮށްފި

ލ. އަތޮޅުގައި ތިން ކޯޒްވޭ ހަދަން ބޭނުންވާ ޑިޒައިން އާއި އީއައިއޭގެ މަސައްކަތް ކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ކޯޒްވޭއިން ގުޅާލަން ނިންމާފައި ވަނީ ލާމު ހިތަދޫ އާއި މެންދޫ އަދި ކަލައިދޫ އާއި ދަނބިދޫގެ އިތުރުން ކުނަހަންދޫ އާއި މެންދޫ އެވެ. އެގޮތުން، މި ރަށްތައް ގުޅާލުމަށް ބޭނުންވާ ކޯސްވޭގެ މަސައްކަތަށް ޑީޓެއިލް ޑިޒައިން އާއި އެންްވަޔަރަމަންޓަލް އިންޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ތައްޔާރު ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރު ކުރާނެ އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ފޯސައިޓް ސާވެއާސް ޕްރައިވެޓް ލިމިޓެޑާ 338،916 ރުފިޔާ އަށެވެ. ފަސް ރަށުގެ މަސައްކަތް ނިންމަން ދީފައިވަނީ 60 ދުވަހުގެ މުއްދަތެކެވެ.

މިއަދު ސޮއި ކުރި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އިން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ. އަދި މަސައްކަތް ހަވާލު ކުރި ކުންފުނިން މެނޭޖިން ޑިރެކްޓަރު އަހްމަދު ނުއައިމް އެވެ.