ވިޔަފާރި

އެސްޓީއޯ އިން އެކުޅިވަރު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދަނީ

Oct 18, 2019

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން އެސްޓީއޯ އަށް ދީފައިވާ ނ. އެކުޅިވަރުގައި ރިސޯޓެއް ހަދައިދޭނެ ބަޔަކު ހޯދަން، އެ ކުންފުނިން އިއުލާނުކޮށްފި އެވެ.

އެސްޓީއޯ އިން ކޮށްފައވާ އިއުލާނެއްގައި ބުނީ އެކުޅިވަރުގައި ރިސޯޓެއް ތަަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ފުރުސަތު އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެކުޅިވަރަކީ ރިސޯޓު ތަރައްގީ ކުރަން 2008 ވަނަ އަހަރު އެމްޓީޑީސީއާ ހަވާލުކޮށްފައިވާ ރަށެވެ. މި ރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް އެމްޓީޑީސީން ރިޒް- ކާލްޓަންއާއެކު ސޮއިކޮށްފައިވަނީ ވެސް 2008 ވަނަ ވަނަ އަހަރެވެ. ސޮއިކުރުމަށްފަހު، އެމްޓީޑީސީން ބުނީ މި ރިސޯޓަކީ 100 މިލިއަން ޑޮލަރުގެ އިންވެސްޓްކޮގެން 180 ކޮޓަރީގެ ރިސޯޓެއް ހަދާށެވެ. އޭރު މި ރިސޯޓު 2010 ވަނަ އަހަރު ހުޅުވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ފަހުން އެ ކުންފުނީގެ އަތުން މި ރަށް ވަނީ ނަގާފަ އެވެ.

މި ރަށުގައި ރިސޯޓެއް ހަދަން އެސްޓީއޯ އަށް ދީފައިވަނީ 2017 ވަނަ އަހަރު އެވެ.