ވިޔަފާރި

2020 ގެ ބަޖެޓް ފޮތް ޗާޕުކޮށްދޭނެ ބަޔަކު ހޯދަނީ

Oct 18, 2019
3

އަންނަ އަހަރުގެ ބަޖެޓް އޮފް ޗާޕުކޮށްދޭނެ ބަޔަކު ހޯދަން، ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ބަޖެޓް ފޮތް ޗާޕު ކޮށްދޭން ބޭނުންވާ ފަރާތަތަކަށް ބާއްވާ ޕްރީބިޑް މީޓިން މިމަހުގެ 20 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 ވަނަ ދުވަހު ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ހުށަހަޅަން ޖެހެނީ މިމަހުގެ 30 ގެ ކުރިންނެވެ.

މިހާރު ހަރަދު ކުރަމުންދާ ބަޖެޓަކީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ އިތުރުން ސަރުކާރުން ވަނީ މިއަހަރު އިތުރު 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ހުށަހަޅާފަ އެވެ.