މޯޑިވިއަން ޑިމޮކްރަސީ ނެޓްވޯކް

އެމްޑީއެންއާ ދެކޮޅަށް ރަށްރަށުގައި ހިނގާލުންތައް ބާއްވައިފި

އެމްޑީއެންގެ ރިޕޯޓާ ދެކޮޅަށް މިއަދު ތ. ހިރިލަންދޫގައި އަޑު އުފުލަނީ
33.3%
0%
66.7%

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ އެ ޖަމިއްޔާއާ ދެކޮޅަށް ބައެއް ރަށްރަށުގައި ހިނގާލުންތައް ބާއްވައިފި އެވެ.

މިއަދު ހަވީރު ބައެއް ރަށްރަށުގައި ކުރިއަށް ގެންދިޔަ ހިނގާލުންތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. އެމްޑީއެންއާ ދެކޮޅަށް އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިން ކުރިއަށް ގެންދިޔަ ހިނގާލުމުގައި އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް އަޑު އުފުލާފައި ވެއެވެ. އަދި އެ ޖަމިއްޔާއަށް ފިޔަވަޅު އަޅައި އުވާލުން އަވަސް ކުރަން ސަރުކާރަށް ގޮވާލާފައިވެއެވެ.

މިއަދު ހަވީރު ހިނގާލުން ކުރިއަށްދިޔަ ރަށްތަކުގެ ތެރޭގައި ތ. ހިރިލަންދޫ، ރ. ހުޅުދުއްފާރު، އެ އަތޮޅު ރަސްގެތީމު ގެ އިތުުރުން ޅ. ނައިފަރު، ނ. މާފަރު، ރ. އަނގޮޅިތީމް އަދި ހއ. ކެލާއާ ތ. ވިލުފުށީ ހިމެނެއެވެ.

އެމްޑީއެންގެ ރިޕޯޓާ ދެކޮޅަށް ތ. ހިރިލަންދޫގައި އަޑުއުފުލަނީ

ހިރިލަންދޫގައި ކުރިއަށްދިޔަ ހިނގާލުމާއި ގުޅޭގޮތުން އެ ހިނގާލުމުގެ ބައިވެރިވެރިއަކު ބުނީ އެ ރަށުގައި ކުރިއަށްދިޔަ ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލާފައިވާ ކަމަށާއި ރަށުގެ އެކި މަގުތަކާއި، ބަނދަރުމަތީ ވެސް ރައްޔިތުން މިއަދު ޝުއޫރު ފާޅުކުރި ކަމަށެވެ.

އިސްލާމްދީނާއި މާތް ﷲ ނަބިއްޔާއަށް ފުރައްސާރަކުރާ ކޮންމެ މިހަކާ އަދި ޖަމިއްޔާތަކާމެދު ވެސް ހަރުކަށި އަވަސް ފިޔަަވަޅު އަޅަން ވެސް އެ ރަށުގެ ރައްޔިތުން ވަނީ ގޮވާލާ ފައެވެ.

މިިދިޔަ ހަފުތާގައިވެސް ބައެއް ރަށްރަށުގައި ވަނީ އެމްޑީއެންއާ ދެކޮޅަށް އަޑުއުފުލާފަ އެވެ.

އެމްޑީއެންގެ ރިޕޯޓާ ދެކޮޅަށް ތ. ހިރިލަންދޫގައި އަޑުއުފުލަނީ
އެމްޑީއެންގެ ރިޕޯޓާ ދެކޮޅަށް ހިރިލަންދޫގައި އަޑުއުފުލަނީ

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ އެ ރިޕޯޓް ކުށްވެރިކޮށް، އެމްޑީއެންއާ މެދު ފިޔަވަޅު އެޅުމަށް 30 ކައުންސިލަކުން ވަނީ ގޮވާލާފަ އެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކައާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ ބިރުވެރިކަން އުފެދޭ ކަމަށް ބުނެފައި ވެއެވެ. ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ތ އަތޮޅު

ތިން ވަނައަށް އެއީ ތ. ހިރިލަންދޫގެ މަންޒަރެއް ނޫން. އެއީ ހުޅުދުއްފާރު

ކީކޭ ބުނާނީ

ބާގީ ލުތުފީއަށް އެންބަސީގަ ވީއައިޕީ ޚިދުމަތް ދީ ފިލުވައިގެން ގެންނުޅެފި. ބޮޑު ޚާއިނު އަދީބު ބުރޯ ޖަލުން މިކިވަން ކޮށްފި. ދީނަށް ފުރައްސާރަ ކުރާ ގިނަބަޔަކަށް ސަރުކާރުގެ މަތީ ޕޮލިސީ ލެވެލްގެ މަގަާމުތަކާއި އެންބަސީތަކުން މަގާމުތަށް ދީފި. ދީނަށް ފުރައްސާރަކުރި އެމްޑީއެންގެ ހިމާޔަތުގައި އެތައް އުޒުރެއް ދައްކައި އެތައްބަހަނާއެއް ދައްކައިފި. މީތޯ އިންސާފަކީ??? މީތޯ ހަމަހަމަ ކަމަކީ??? މީތޯ ތިބުނާ މިނިވަން ފިކުރަކީ؟

ޚާން

މުޅި ގައުމު މި ގޮވާލަނީ މިކަން ކުރި މީހުންނަށް ފިޔަވަޅު އަޅަން، މަދު ބައެއް ގެ މަކަރުވެރި ރޭވުން މަކުން މި ގައުމު އަލިފާނުގެ ތެރެއައް ވައްޓާ ނުލާ، އިބޫ އައް މަވެސް ވޯޓް ދިނިން، އެކަމަކު މި މަންޒަރު ބަލާކަށެއް ނޫން.

ޢާދަނުބެ

ފިޔަވަޅު އަޅާނަމޭ ބުނި ރަ އީސް ކޮބަ އިތޯ އަދިވެސް ފިލުމުސްޓާރަކަށް އަހަރު ފުރުނީމަ ބާތުޓޭ ފާހަގަ ކުރަން ދެވޭތޯބަލަނީ ރަ އީތުން ހީކުރިވަރަށް މި ސަރުކާރު ރަނގަޅެ އްނުވި ރަޢީތުން ވަރަށް ފޮނި އުންމީދެ އްގަ ގެނަ ސަރުކާރު އެންމެފަހުން ބޮޑު ބޮލުގަ ރިހުމަކަށްމިވީ މުޅިންވެސް ދީނާކުޅުމުގަ ބޭރުމީހުންނާގުޅިގެން ދެން މި ސަރުކާރަށް ކޮންކަމެތްވާނީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345