ވިޔަފާރި

އަލްޝާލީ މެރިން އިން ގޭމްގެ މެންބަރުންނަށް ޑިސްކައުންޓް

Oct 19, 2019

އަލްޝާލީ މެރިން މޯލްޑިވްސް (އޭސްމެރިން) އިން، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ މެންބަރު ކުންފުނި ތަކަށް ޑިސްކައުންޓް ދޭން ނިންމައިފި އެވެ.

އަލްޝާލީ މެރިން އިން ރާއްޖޭގައި ފުޅާވަމުންދާ ގެސްޓްހައުސް ވިޔަފާރި ތަކަށް ޑިސްކައުންޓް ދޭން ނިންމީ، ގެސްޓްހައުސްތައް ތަމްސީލް ކުރާ ޖަމިއްޔާ ގޭމްއާއެކު ސޮއިކުރި އެމްއޯޔޫއެއްގެ ދަށުންނެވެ. ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ގޭމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަހުމަދު ކަރަމް އެވެ. އަދި އަލްޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަން މެނޭޖަރު އިސްމާއިލް ޝަރީފު އެވެ.

ގޭމް އާއި އަލްޝާލީ އިން ސޮއިކުރި މި އެމްއޯޔޫގެ ދަށުން، އަލް ޝާލީގެ އުފެއްދުންތަކާއި ހިދުމަތް ތަކުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ. މި ޑިސްކައުންޓް ލިބޭނީ ގޭމްގެ މެންބަރު ކުންފުނި ތަކަށެވެ.

ގެސްޓްހައުސްތަކުގެ ޖަމިއްޔާ ގޭމް އިން ވަނީ މީގެ ކުރިން ވެސް ގެސްޓްހައުސް ވިޔަފާރިއަށް ދޭ ހިދުމަތް ރަނގަޅު ކުރަން އެމްއޯޔޫތަކެއް ހަދާފަ އެވެ. މީގެ ކުރިން އެމްއޯޔޫ ހަދާފައިވަނީ އެލައިޑް އިންޝުއަރެންސް އާއި އުރީދޫ މޯލްޑިވްސް އާ އެވެ.