ހަބަރު

ހަތަރު ދާއިރާއެއްގެ އިންތިހާބު ބާއްވާ މީހުން ހޮވައިފި

Oct 19, 2019
1

އެމްޑީޕީގެ ހުސްވެފައިވާ މަގާމްތަކުގެ ބައި އިލެކްޝަން ބާއްވައި މީހުން އިންތިހާބުކޮށްފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ބާއްވައި ޕާޓީގެ ހުސްވެފައިވާ މާގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. އެގޮތުން މާލެ ސިޓީ ހެންވޭރު ދާއިރާގެ ރައީސްގެ މަގާމާއި މަންޗަންގޮޅި އުތުރު ދާއިރާގެ ރައީސްގެ މަގާމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި އެވެ. އޭގެ އިތުރުން ކ. ގުރައިދޫ ދާއިރާގެ ނައިބު ރައީސް ކަމާއި ސެކެޓަރީގެ މަގާމަށް ކުރިމަތިލުމަށް ވެސް ހުޅުވައިލި އެވެ.

އިންތިހާބުގެ ވޯޓުލުން އިއްޔެ ފަށާފައިވާ އިރު، އެ ޕާޓީ އިން މިއަދު ވަނީ ވަގުތީ ނަތީޖާ އިއުލާންކޮށްފަ އެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ހެންވޭރު ހުޅަނގު ދާއިރާ 48 ވޯޓުން ކާމިޔާބު ކުރީ ހ. ހާގޯށި މުހައްމަދު ސައިފް ފާތިހު އެވެ. އަދި 112 ވޯޓާއެކު މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސްގެ މަގާމް ކާމިޔާބު ކުރީ މއ. ދިރޭ، ހަސަން އިއާދު ސަލީމް އެވެ. މައްޗަންގޮޅި ދެކުނު ދާއިރާގެ ނައިބު ރައީސްކަން މއ. ގުލާބީގެ އިސްމާއިލް އާތިފް ކާމިޔާބު ކުރީ ތިން ވޯޓުންނެވެ.

ގުރައިދޫ ދާއިރާގެ ނައިބު ރައީސްގެ މަގާމް ކާމިޔާބު ކުރީ ނީލޯފާރުގެ، ޔޫސަަވް ޝިހާން އެވެ. އަދި ސެކެޓަރީގެ މަގާމް 388 ވޯޓާއެކު ކާމިޔާބު ކުރީ ނޫރާނީވިލާގެ، އިބްރާހިމް އިރުޝާދު އެވެ.