މި ހަފްތާގައިވެސް މި ގެނެސްދެނީ މީޑިއާނެޓާ ގުޅިގެން ކޮންމެ ހަފްތާ އަކު ގެނެސްދޭ ޓޮޕްޓެން ޝޯ އެވެ.
1. ޓްރޯލްސް: ދަަ ބީޓް ގޯސް އޮން (އާ އެޕިސޯޑްތަކެއް)
އެމެރިކަން އެނިމޭޓެޑް މި ޓީވީ ސީރީޒް އަކީ ކުޑަކުދިންނަަށް ހާއްސަކޮށް ނެރެފައިވާ މިއުޒިކަލް ފެންޓަސީ ޝޯ އެކެވެ. މި ޝޯގައ ފެންނާނީ ޓްރޯލް ވިލެޖުގައި އުޅޭ ޓްރޯލްތަކެއްގެ ވާހަކަތަކެވެ. އެގޮތުން ޕޮޕީ އާއި ބްރާންޗް އަދި އެހެން ޓްރޯލްތަކަށް ދިމާވާ އެކި ކަންތައްތައް ފެންނާނެ އެވެ.
މި ޝޯތައް އޮކްޓޯބަރު 21، ކޮންމެ ދުވަހަކު 14:00 ގައި ޑްރީމްވޯކްސް އެޗްޑީ އިން (ޗެނަލް 838) ދައްކާނެ އެވެ.
2. ސްޕޮންޖްބޮބް ސްކޮއާ ޕޭންޓްސް - ބެސްޓް ސްކެއާ ޕޭންޓްސް އެވާ
މީގެ އަހަރުތަކެއްް ކުރިން ނެރުނު މި ކާޓޫނަކީ މިއަދުވެސް ބައެއް ކުޑަކުދިންގެ އެންމެ ފޭވަރިޓް ކާޓޫނެވެ. މި ހަފްތާގައި ސްޕޮންްޖްްބޮބްގެ އާ އެޕިސޯޑްތަކެއް ޕްރިމިއާ ކުރާއިރު މި ހަފްްތާ ހާއްސަ ވަނީ ހެލޮވީން އަަށެވެ. ސްޕޮންޖްބޮބް އާ އޭނާގެ އެކުވެރިން ހެލޮވީން ފާހަގަ ކުރަަން މޮންސްޓާސް ތަކަކަށް ވެގެން އުޅެ އެވެ. އަދި މި ކާޓޫނުގައި ސްޕޮންޖްބޮބް އަށް އަބަދުވެސް އުނދަަގޫ ކުރަމުން އުޅޭ ކުޑަކުޑަ ޕްލެންކްޓަންވެސް ހެލޮވީން ފާހަގަ ކުރަން އެމީހުންނާއެކު ބައިވެރިވެ އެވެ.
ޕްލެންކްޓަން ޖިންނި އެއްގެ ހެދުން ލައިގެން ޖިންނި އަކަށް ބަދަލުވެގެން ބޭނުންވަނީ ކްރަސްޓީ ކްރެބްގެ ސީކްރެޓް ފޯމިއުލާ ހޯދާށެވެ. ކްރެބްގެ ރެސްޓޯރަަންޓުގައި ބާގާ ހަދަން ގެންގުޅޭ މޮޅު ފޯމިއުލާ ވަގަށް ނެގޭތޯ ކުރާ މަސައްކަތްތައް މި އެޕިސޯޑުގައި ފެންނާނެ އެވެެ.
މި ޝޯތައް ހޯމައިން ހުކުރަށް 13:00 ގައި ނިކަލޯޑިއަން އެޗްޑީ އިންް (ޗެނަލް 836) ދައްކާނެ އެވެ.
3. ދަަ ރެކް ޕެކް (ޕްރިމިއާ)
ތޯމަސް ޖޭ ޗާޗިލް ޑައިރެކްޓުކޮށް މިދިޔަ އަހަރު ނެރުނު މި ފިލްމަކީ ފެމިލީ އެޑްވެންޗާ ފިލްމެކެވެ. ފިލްމުގައި ކުޑަކުދިންގެ ގްރޫޕަކާއެކު އެމީހުންގެ ބެލެނިވެރިން ޖަންގައްޔަށް ވަންނަނީ މިލިޓަރީ ބަޔަކަށް ވެގެންނެވެ. އެމީހުންނަށް ޖަންގަލިން ދިމާވާ މުސްކުޅި މީހެއް އަތުގައި އޮންނަ ކުރީގެ ޓްރެޝާ މެޕެއް ފެނި އެ ހަޒާނާ ހޯދަން މަސައްކަތް ކުރެ އެވެ. އަދި އެ ހިސާބުން މުޅި ފިލްމު ބަދަލުވަނީ އެމީހުންނާ އެ މުސްކުޅި މީހާގެ ތެރެއިން އެ ސަރަހައްދުގައި ވަޅުލާ ފަަސް އަޅާފައި އޮތް ހަޒާނާ އެންމެ ކުރިން ފެންނާނީ ކޮން މީހަކަށްތޯ ބެލުމަށެވެ.
މި ފިލްމު ދައްކާނީ އޮކްޓޯބަރު 25، ހުކުރު ދުވަހު 17:00 ގައި ފޮކްސް ލައިފް އެޗްޑީ އިން (ޗެނަލް 810) އެވެ.
4. ހީޒްް އައުޓް ދެއާ (ޕްރިމިއާ)
ޑަައިރެކްްޓަރު ކުއިން ލެޝާ މިދިޔަަ އަހަރު ނެރުނު މި ހޮރޯ ތުރިލާ ފިލްމަކީ ބިރުވެރި ފިލްމުތަކުގެ ލިސްޓަށް އިތުރުވި ތަފާތު ފިލްމެކެވެ.
މިދިޔަ އަހަރު ނެރުނު މި ފިލްމުގައި އަަންހެނަކާއި އޭނާގެ ދެ ދަރިންނަށް ދިމާވާ ކަންތައްތަކެއް ދައްކުވައިދޭނެ އެެވެ. އެމީހުން ޗުއްޓީ ހޭދަކޮށްލަން ސިޓީ އާ ދުރުން ގޮސްތިބޭ ގެއަކުން ބޯ ހަމަނުޖެހޭ މީހެއްގެ އުނދަގޫތަކެއް ޖެހި ތިން މީހުންގެ ފުރާނަ ގެއްލިދާނެ ފަަދަަ ހާލަތްތައްވެސް ދިމާވެ އެވެ.
މި ފިލްމު ދައްކާނީ އޮކްޓޯބަރު 23، ބުދައިގައި 19:00 ގައި ފޮކްސް އެކްޝަން މޫވީސް އެޗްޑީ އިން (ޗެނަލް 802) އެވެ.
5. ވުމަން އޮފް އިމްޕެކްޓް: 6 ވުމަން ސެއިލް ދަ ގްލޯބް (ޕްރިމިއާ)
އިންފޮޓެއިންމަންޓް މި ޝޯ އަކީ އަންހެނުންގެ ތެރެއިން ކުޑަކަމަކުން ބޮޑު ބަދަލެއް ގެނެސްފައިވާ އެކި އެކި ތަފާތު އަންހެނުންގެ ވާހަކަތައް ގެނެސްދޭ ޝޯ އެކެވެ. އެގޮތުން މި ހަފްތާގައި ވެސް އޮތީ މުޅިިން އާ ސްޓޯރީ އެކެވެ. މި ހަފްތާގައި ދައްކާނީ ހަ އަންހެނުން ވެގެން ސެއިލް ބޯޓެއްގައި ދުނިޔޭގެ އެންމެ ބޮޑު ތިން ކަނޑު ހުރަސް ކުރާ ތަނެވެ. އެ އަންހެނުން ކަނޑުމަތީ 200 ދުވަސް ހޭދަަކުރާއިރު ހިިކިފަސްތަނެއްގައި ހަތަރު ފަހަރު އެ ދަަތުރުގައި މަޑު ކުރެ އެވެ. މި އެޕިސޯޑްގައި ކަނޑުމަތީ އެމީހުންނަށް ދިމާވާ ކަންތައްތަކާއި އެކި އުނދަގޫތަކަށް ބެލުމެއްނެތި އެމީހުން ކަނޑުމައްޗަށް ބޯޓެއްގަައި ނިކުތް މަގުސަދު ހާސިލް ކުރަން މަސައްކކަތް ކުރާ މަންޒަރު ދައްކާނެ އެވެ.
މި އެޕިސޯޑް އޮކްޓޯބަރު 26، ހޮނިހިރު ދުވަހު 19:00 ގައި ނެޝަނަލް ޖިއޮގްރަފިކްޗެނަލް އެޗްޑީ އިން (ޗެނަލް 820) ދައްކާނެ އެވެ.
އަަންކަވާ އިންޑިއާ: މާސްޓާސް އޮފްް ޓޭސްޓް ވިތު ގެރީ މެހިގަން (ޕްރިމިއާ)
ކައްކާ ޝޯތަކަށް ލޯބި ކުރާ މީހުންނަށް މި ޝޯވެސް ހާއްސަ ވާނެ އެވެ. އަންކަވާ އިންޑިއާގެ މާސްޓާސް އޮފްް ޓޭސްޓް ވިތު ގެެރީ ޝޯގައި މި ފަހަރު އޮތީ އިންޑިއާގެ ކެއުންތަކަށް ހާއްސަކޮށްފަ އެވެ. އިންޑިއާގައި ބޮޑެތި އާއިލާތައް އެކުގައި ކައްކައިގެން ބޮޑު ކެއުންގަނޑު ހަދައިގެން ކާ ވަގުތު ޝޯގެ ހޯސްޓް ގެރީވެސް މި ކެއްކުމާއި ކެއުމުގައި ބައިވެރިވާ މަންޒަރުތައް ފެންނާނެ އެވެ. އެގޮތުން، ޕަންޖާބުގެ އާއިލާއެއް ކަމަށްވާ ރޮކީ މޯހަން އާއެކު ގެރީ ބޮޑު ކެއުމަކަށް ދެ އެވެ. އަދި އެމީހުންގެ ތަފާތު ކެއުންތައް ތަޖުރިބާ ކުރެ އެވެ.
މި އެޕިސޯޑް އޮކްޓޯބަރު 27، އާދިއްތަ ދުވަހު 19:00 ގައި ނެޝަނަލް ޖިއޮގްރަފިކްޗެނަލް އެޗްޑީ އިން (ޗެނަލް 820) ދައްކާނެ އެވެ.
8. 20 ވަނަ އައިފާ އެވޯޑްސް 2019
އައިފާ އެވޯޑްސް އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު އެވޯޑް ޝޯ އެވެ. 20 ވަނަ އައިފާ އެވޯޑްސް މި އަހަރު ބޭއްވީ އަލަށް މުމްބާއީގަ އެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވޯޑް ޝޯ ނިންމާ އެންމެ މޮޅު ފިލްމުތަކާއި އެކްޓަރުން ވަނީ ހޮވާފަ އެވެ. އެގޮތުން، އައިފާ އެވޯޑްސްގެ މި އަހަރުގެ އެންމެ މޮޅު ތަރިންނަށް ރަންވީރް ސިންގް އާއި އާލިއާ ބަޓް ހޮވުނު އިރު، ފިލްމު ރާޒީ އާއި ޕަދްްމާވަތު އަދި އަންދާދުން އައިފާ އެވޯޑްސްގެ ގިނަ ވަނަތަކެއް ގެންދިޔަ އެވެ.
މި ޝޯ ދައްކާނީ 20 އޮކްޓޯބަރު 19:30 ގައި ކަލާސް އެޗްޑީ (ޗެނަލް 854) އިންނެވެ.
9. މިޝަން މަންގަލް (ވޯލްޑް ޓީވީ ޕްްރިމިއާ)
އަކްޝޭ ކުމާރުގެ "މިޝަން މަންގަލް" އަކީ މާސް އަށް އިންޑިއާއިން ކުރާ ދަތުރަކަށް ބިނާ ކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގައި އެންމެ މުހިއްމު ރޯލު ކުޅެނީ އަކްޝޭ ނަމަވެސް ވަރަށް ގިނަ އިތުރު ތަރިންތަކެއް ވެސް ފިލްމުގައި ހަރަކާތްތެރިވި އެވެ. އޭގެ ތެރޭގައި ވިދްޔާ ބާލަން، ސޮނާކްޝީ ސިންހާ، ތާޕްސީ ޕަންނޫ، ނިތިޔާ މެނަން އަދި ކީރްތީ ކުލްހާރި ހިމެނެއެވެ. ޖަގަން ޝަކްތީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް 11 ދުވަހުގެ ތެރޭގައި 1500 މިލިއަން ލިބުނެވެ. މިޝަން މަންގަލް އުފައްދާފައިވަނީ 320 މިލިއަން ރުޕީސް (4.5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
މި ފިލްމުގެ ވޯލްޑް ޓީވީ ޕްރިމިއާ 20، އޮކްޓޯބަރު 11:30 ގައި ސްޓާޕްލަސް އެޗްޑީ އިން (ޗެނަލް 850) ދަައްކާނެ އެވެ.
10. ސްޕޯޓްސް
މި ހަފްތާގެ ސްޕޯޓްސްގައި އެންމެ ފާހަގަކޮށްލެވެނީ މިހާރު ޖަޕާނުގައި ކުރިއަށްދާ ރަގްބީ ވޯލްޑް ކަޕްގެ ކުއާޓާ ފަައިނަލްސް އެވެ. 19 އޮކްޓޯބަރުން 20 އަށް ކުރިއަށްދާ ކުއާޓާ މެޗުތަކުގައި އަށް ގައުމެއް ވާދަ ކުރެ އެވެ. އެއީ، އިންގްލެންޑް އާއި އޮސްޓްރޭލިއާ، ނިއުޒިލެންޑް އާއި އަޔަލެންޑް، ވޭލްސް އާއި ފްރާންސް އަދި ޖަޕާނާއި ސައުތު އެފްރިކާގެ މެޗުތަަކެވެެ. މި މެޗުތައް ލައިވްކޮށް ސޮނީ ޓެންް 2 އެޗްްޑީ (ޗެނަލް 892) އިން ދައްކާނެ އެވެ.