އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި ކުޑަކުއްޖެއްގެ ފުއްޕާމެއިން ލެގޯ ބްރިކެއް މިއަދު ނަގައިފި އެވެ.
އެ ހޮސްޕިޓަލުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ހަ އަހަރު އެ ކުއްޖާހެ އޮޕަރޭޝަނަށް ފަހު ހާލު ރަނގަޅު ކަމަށެވެ.
އޭނާގެ ފުއްޕާމެއިން ލެގޯ ބްރިކް ނެގުމުގެ އޮޕަރޭޝަން ކުރީ އެ ހޮސްޕިޓަލްގެ ފުއްޕާމެ އާއި ނޭވާލާ ނިޒާމާ ބެހޭ ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ކަމަށް ވެސް އެ ޓްވީޓްގައި ބުނެފައި ވެއެވެ.
އޮޕަރޭޝަނާއި އަދި އެ ކުޑަ ކުއްޖާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެ ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.