ވިޔަފާރި

މޯލްޑިވްސް ބިޒްނަސް އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކަށް އަވަސް

Oct 20, 2019

މޯލްޑިވްސް ބިޒްނަސް އެވޯޑްސް (އެމްބީއެސް) ގެ އޮންލައިން މީޑިޔާ ޕާޓްނަރަކަށް އަވަސް އޮންލައިން ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑުގެ، މީޑިއާ ޕާޓްނަރުންނާއެކު ސޮއިކުރަން ޕީއެސްއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވޯޑު އިންތިޒާމު ކުރާ ބްލޭޒަންގެ ފަރާތުން ސޮއި ކުރެއްވީ އެވޯޑު އިންތިޒާމު ކުރާ ބްލޭޒަންގެ ސީއީއޯ ހަސަން ހިލްމީ އެވެ. އަދި އަވަސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ އެޑިޓަރު މުހައްމަދު އަފްރާހު އެވެ.

އަވަސްގެ އިތުރުން ވެސް އެހެން ޕާޓްނަރުންނާއެކު މިއަދު ވަނީ ސޮއިކޮށްފަ އެވެ.

  • ބްރޯޑްކާސްޓިން ޕާޓްނަރު: ޕީއެސްއެމް
  • ޓްރެވަލް ޓެބްލޮއިޓް ޕާޓްނަރު: އައިލެންޑް ޗީފް
  • ބިޒްނަސް މެގަޒިން ޕާޓްނަރު: މޯލްޑިވްސް ބިޒްނަސް ރިވިއު (އެމްބީއާރު)
  • އޮފިޝަލް ޑިޖިޓަލް މީޑިއާ ޕާޓްނަރު: މޯލްޑިވްސް އިންސައިޑާ
  • އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރު: އިމޭޖަސް ޑޮޓްއެމްވީ

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިގްތިސޯދުގެ އެކި ދާއިރާތަކަށް ހާއްސަ ކޮށްގެން ދޭ އެވޯޑެކެވެ. މި އެވޯޑުގެ ދެނީ ވިޔަފާރިތައް ތަރައްގީ ކުރަން ހިތްވަރު ދިނުމަށާއި އަގު ވަޒަން ކުރުމަށެވެ.

މި އަހަރުގެ އެވޯޑު ދިނުން އޮންނާނީ ޑިސެމްބަރު މަހު އެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.