ހަތެއް

ރައީސްގެ ޖަޕާން ދަތުރުފުޅުގައި އިންވެސްޓްމަންޓް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމާއި އުމްރާނީ މަސައްކަތްތަކަށް ބޭނުންވާ އެހީ ޖަޕާނުން ހޯއްދެވުމުގެ އިތުރުން އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ޖަޕާނު ސަރުކާރުގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ ޖަޕާނަށް މިއަދު ވަޑައިގެންފަ އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ ކަންކަން ފަށާނީ މާދަމާ ކަމަށައި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރައްވައި ދެ ގައުމު ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށެވެ.

މީގެއިތުރުން ޖަޕާނު ސަރުކާރުގެ މަތީފަންތީގެ ގިނަ އަދަދެއްގެ އޮފިޝަލުންނާ ބައްދަލުކުރެއްވުން އޮންނާނެ އެވެ.

ރާއްޖެއާ ޖަޕާނާ ދެމެދު އެކި ރޮނގުތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެ ގައުމުގެ ރަސްމީ ފަރާތްތަކާއި ޕްރައިވެޓް ސެކްޓާގެ މުހިއްމު ބޭފުޅުންނާ ވެސް ރައީސް ބައްދަލު ކުރައްވާނެ އެވެ. މީގެ އިތުރުން ޖަޕާނުގެ އެމްޕެރާ އަކިހީޓޯ، މަގާމުން އަމިއްލަފުޅަށް ދުރުވެވަޑައިގެން، ރަސްކަމުގެ ތަހުތަށް ވަލީއަހުދު ނަރުހީޓޯ އިސްކުރައްވަން ބާއްވާ ރަސްމިއްޔާތުގައި ވެސް ރައީސް ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.