ޖަޕާން

ނަރުހީޓޯ މަގާމާ ހަވާލުވުމުގެ ހަފުލާގައި ރައީސް ބައިވެރިވެވަޑައިގެންފި

ޖަޕާނުގެ އައު އެމްޕެރާ ނަރުހީޓޯ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެ ވަޑައިގެންފި އެވެ.

އެމްޕަރާ ނަރުހީޓޯ ތަޚްތަށް އިސްކުރެއްވުމުގެ އިހްތިފާލުގައި ގައުމުތަކުގެ އެންމެ އިސްވެރިންނާ އިތްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި އިހްތިފާލުގައި ބައިވެރިވެ ވަޑައިގެންނެވި އިތްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ވަލީ އަހްދު ޕްރިންސް ޗާލްސް، ޔޫކްރެއިންގެ ރައީސް ވުލޮޑްމިއާ ޒެލެންސްކީ އަދި ދެކުނު ކޮރެޔާގެ ޕްރައިމް މިނިސްޓަރު ލީ ނަކްޔޮން ހިމެނިވަޑައި ގަންނަވައެވެ. މީގެ އިތުރުން ދުނިޔޭގެ 170 ގައުމެއްގެ އިއްޒަތްތެރިން މި އިހްތިފާލުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖަޕާނުގެ ރަސްކަމުގެ ތަހުތު ބަދަލުވުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ޚާއްސަ އިހްތިފާލެކެވެ. މީގެ ކުރިން ހުންނެވި އެމްޕެރާ ތަޚްތަށް އިސްކުރެވުނީ 7 ޖެނުއަރީ 1989 ގައެވެ. އެފަހަރު ބޭއްވި އިހްތިފާލުގައި ވެސް ދިވެހި ސަރުކާރުގެ އެންމެ އިސް ވެރިޔާ ބައިވެރިވެ ވަޑައިގެންނެވި އެވެ. އެފަހަރު ބައިވެރިވެ ވަޑައިގެންނެވީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ