ހަބަރު

މާކާނާ މާރާލާފައެއް ނުވޭ: އީޕީއޭ

Oct 23, 2019
1

ރިސޯޓެއްގެ ކޮޓަރިއެއްގެ ތެރޭގައި މާކަނައެއް މަރާލިކަމުގެ މައުލޫމާތު ލިބިގެން، އެ މައްސަލަ ބެލުމަށްފަހު އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށް އީޕީއޭ އިން ބުނެފި އެވެ.

މިދިޔަ ހަފުތާގައި އަންނަތަރާ ދިގު ރިސޯޓުގައި މާކަނައެއް މަރާލާފައި ވަނީ ފަތުރުވެރިން ތިބި ކޮޓަރިއަކަށް މަކަނާ ވަނުމުން ހިފައި ކޮޓަރިން ނެރެގެން ގެންދިއުމަށްފަހު ކަމަށް ވީޑިއޯއަކާ ހަވާލާދީ މިޑިއާގައި ރިޕޯޓް ކުރި އެވެ. އެ ރިޕޯޓުތައް ލިބުމާއެކު އެ މައްސަލަ ބަލަން ފެށި އެވެ.

އީޕީއޭއިން މިއަދު ބުނީ އެ މައްސަލަ ބެލި އިރު އެ މާކަނާ މަރާލާފައި ނުވާކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް، އެ ރިސޯޓާ ގުޅިގެން އެ ފަދަ ކަންކަމަށް ސްޓާފުންނަށާއި ފަތުރުވެރިންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާކަނައަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދޫންޏެކެވެ. ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެއްޗަށް އަނިޔާކޮށް، ގެއްލުންދީ، އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ އެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.