ސައުދީ އަަރަބިއްޔާ

ޚަލީލް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ސައުދިއަރަބިއްޔާއަށް ކަނޑައެޅުއްވި ސަފީރު މުހައްމަދު ޚަލީލު، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ސަފީރުކަމުގެ ފަތްކޮޅު މިއަދު އަރުވައިފި އެވެ.

ޚަލީލު، ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު ރިޔާދުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ހަލީލު ސައުދީ ސަފީރު ކަމަށް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ޚަލީލު، ސައޫދީ ރަސްގެފާނަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވާއިރު، އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ދިވެހި ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އޭނާ ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މުހައްމަދު ހަލީލް އެ މަގާމަށް ހަމަޖެއްސުމަށް ނިންމާ އެކަން މިމަހުގެ 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.