ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލީ އާރިފު ހަމަޖައްސައިފި އެވެ.
ޕީޕީއެމްގެ ތަރުޖަމާނަކަށް ވެސް މަސައްކަތް ކުރެއްވި ކުރީގެ މަޖިލިސް މެންބަރި އާރިފު ޖޭޕީގެ ސެކްރެޓަރީ ޖެނެރަލަކަށް ހަމަޖައްސާ އެކަން އިއުލާން ކުރީ މިއަދު އެވެ. އޭނާ ޖޭޕީއަށް ބަދަލުވީ ވެސް ދާދި ފަހުންނެވެ.
ޖޭޕީގެ އެ މަގާމުގައި ކުރިން ހުންނެވީ ހުސައިން ރަޝީދެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަނީ ޑަބްލިޔުއެޗްއޯގެ މަގާމެއްގަ އެވެ.