ހަތް މީހުނާއެކު ލ. ގަމަށް ދަތުރު ކުރި ނާލު ބޯޓަކަށް ދިޔަ ވާތީ ކޯސްޓްގާޑުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު މާލެއިން ފުރައިގެން ގަމަށް ހަތް މީހުންނާއެކު ދަތުރު ކުރި ބޯޓަކަށް ދިޔަވަމުން ދާތީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ.
އެ ބޯޓު މިހާރު ވަނީ ރައްކާތެރިކަމާއެކު މ. ކޮޅުފުއްޓަށް ވައްދާފަ އެވެ.