އަލް ޝާލީ މެރިން

ކަނޑުމަތީ ހާދިސާތައް މަދު ކުރަން އަލްޝާލީން ސޮއިކޮށްފި

Oct 26, 2019
1

ކަނޑުމަތީގައި ދިމާވާ ހާދިސާތަކާއި މައްސަލަތައް މަދު ކުރަން އަލްޝާލީ މެރިން މޯލްޑިވްސް އާއި މެރިން އިކުއިޕްމެންޓްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރޭގައި ބޭއްވި ރަސްމިއްޔާތެއްގައި އަލްޝާލީ މެރިންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފެވެ. މެރިން އިކުއިޕްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރު އަހްމަދު އަޒްމީލެވެ.

ޝަރީފް ވިދާޅުވީ މި އެއްބަސްވުމާއެކު ކަނޑުމަތީގައި ދިމާވާ ހާދިސާތައް މަދު ކުރުމަށް ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

"ދެ ފަރާތުން ބަލާނަން މިހާރު ދިމާވާ ނުރައްކާތެރި ހާދިސާތައް މަދު ކުރެވޭނީ ކޮން ގޮތަކުން ތޯ؟ އެ ކަންކަމަށް ބަލައި ކުރިއަށް އޮތް ތަނުގައި ބޯޓު ސޭފްޓީގެ ކަންތައްތައް ރަނގަޅު ކުރަމުން ދާނީ،" ޝަރީފު ވިދާޅުވި އެވެ.

އަލް ޝާލީ މެރިން އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އުޅަނދު ފަހަރު ބަންނަ އެއް ކުންފުންޏެވެ. އެ ކުންފުނިން ދަނީ ލޯންޗުގެ އިތުރުން ޑައިވް ދޯނި ވެސް ބަންނަމުންނެވެ.